The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މިއީ ދިވެހި ޙައްޖުވެރީންނަށް އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ވާނެ: ރައީސް

ޕޯސްޓް
ޕޯސްޓް
7 މަސް ago
SHARE

މިފަހަރުގެ ޙައްޖު ދަތުރު ވެގެންދާނީ ދިވެހި ޙައްޖުވެރިންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ޙައްޖާޖީންގެ ފުރަތަމަ ގްރޫޕު ޖިއްދާއަށް ފުރާފައިވަނީ އިއްޔެ ހެނދުނު އެވެ. މައްކާރޫޓް އިނީޝިއޭޓިވްގެ ދަށުން ފުރި އެ ޙައްޖާޖީންނަށް ޖިއްދާ އެއާޕޯޓުން ފިނިފެންމަލަކާއެކު ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މިކަމާ ގުޅޭގޮތުން ރައީސް މުޢިއްޒު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު މިހާތަނަށް ލިބުނު 8 ޤަައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ، ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.

ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ ފުރަތަމަ 235 ޙައްޖުވެރީންނަށް ސައުދީ ސަރުކާރުން ވަރަށް ހޫނު މަރުހަބާއަކާއެކު، ވަރަށް ފުރިހަމަ މެހެމާންދާރީއެއް އަދާކުރެއްވިކަން ފާހަގަ ކުރައްވާ، ރައީސް މުޢިއްޒު ވިދާޅުވީ ޙައްޖުވެރީން އެއާޕޯޓުގައި ގިނަވަގުތު މަޑު ކުރަން ނުޖެހި، ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހި، ބޮޑެތި ލުއިތަކެއް މި އިނީޝިއޭޓިވްގެ ދަށުން ލިބިފައިވާ ކަމަށެވެ.

”އިރާދަކުރެއްވިއްޔާ މި ފަހަރުގެ މުޅި ޙައްޖު ދަތުރުވެސް ދިވެހި ޙައްޖާޖީންނަށް މިފަދަ އެތައް ލުޔެއް ލިބި، ޚިދުމަތުގެ ފެންވަރުވެސް ރަނގަޅު ވާނެ. ދިވެހި ޙައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ވާނެ. އުންމީދަކީ ކުރިމަގުގައި މިއަށްވުރެވެސް ކަންކަން ފަހިވުން.“ ރައީސް ވިދާޅުވިއެވެ.

ދިވެހި ޙައްޖުވެރީންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މިއަހަރު ހޯދައިދެވޭތީ އެމަނިކުފާނު ވަނީ މާތް ﷲ ގެ ޙަޟްރަތަށް ޙަމްދުކުރައްވާ، ސައުދީ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. އަދި ދިވެހި ހުރިހާ ޙައްޖާޖީންނަށް ހިތްހަމަޖެހުމާއި، ދުޅަހެޔޮކަމާ އެކު، މަބްރޫރު ޙައްޖެއް، މާތް ﷲ މިންވަރު ކުރެއްވުމަށް އެދި ރައީސް މުޢިއްޒު ވަނީ ދުޢާ ކުރައްވާފައެވެ.

ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް އަތޮޅުތަކުގައި ރިސޯޓު ތަރައްޤީކުރުމަށް ގެންގުޅުއްވާ ޕްލޭން ރައީސް އިޢުލާނުކުރައްވައިފި
މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތަށް
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި
މިމަހުގެ މިހާތަނަށް މަސްވެރިންގެ އަތުން 46.4 މިލިޔަން ރުފިޔާގެ މަސް މިފްކޯއަށް ގަނެފި
ރަސްމާލެޢަށް ދަތުރުފަތުރުގެ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓަންޓެއް ހޯދަނީ!
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?