ޕާކިސްތާނުގެ ސްކޫލަކުން 40 ކުދިންނާއެކު ދަތުރުކުރި ސްކޫލު ބަހަކަށް ބަޔަކު ނިރުބަވެރި ބޮމުގެ ހަމަލާއެއް މިދިޔަ ބުދަ ދުވަހު ދީފިއެވެ.
ބަލޮކިސްތާން ޕްރޮވިންސްގައި ހުންނަ އެންމެ ބޮޑު މިލިޓަރީ ހޮސްޕިޓަލުގައި އިނދެ ބީބީސީއަށް މައުލޫމާތު ދެމުން ޕާކިސްތާނު ސިފައިންގެ ސާޖެންޓެއް ކަމަށްވާ ސާޖަންޓު ނާސިރް މަހްމޫދް ބުނީ މި ހާދިސާ ހިނގިއިރު އެ ބަހުގައި އޭނާގެ 14 އަހަރުގެ ފިރިހެން ދަރިފުޅު މުޙައްމަދު އަޙްމަދު ވެސް އިން ކަމަށާއި ހާދިސާ ހިނގާފައިވަނީ ޚުޒްދާރް ސަރަހައްދުގައި ކަމަށެވެ.
ނާސިރް ބުނީ ބޮމުގެ މި ހާދިސާގެ ސަބަބުން ހާލު ސީރިއަސްވީ ކުދިން ވައިގެ މަގުން ކޮމްބައިންޑް މިލިޓަރީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި މިހާތަނަށް މި ހާދިސާގައި 8 ކުޑަކުދިން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.
ޕާކިސްތާނުގެ ސްކޫލު ބަހަކަށް ދިން މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައި ނުވި ނަމަވެސް، މި ހާދިސާގެ ތުހުމަތު އިންޑިއާ އިން ކޮށްފައިވަނީ އިންޑިއާ އަށެވެ. ނަމަވެސް އިންޑިއާއިން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ.
ދެ ހަފްތާއެއްހާ ދުވަހު އިންޑިއާ އާއި ޕާކިސްތާނު ހަނގުރާމަ ކުރުމަަށްފަހު، މިހާރު އެ ހަނގުރާމަ ހުއްޓާލާފައިވީ ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި ފެތުރިފައިވާ ނުރުހުންވަނީ އިންތިހާއަަށް ބޮޑު ވެފައެވެ.