The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ހާވާޑް ޔުނިވަރސިޓީއަށް ބޭރު ޤައުމުތަކުގެ ދަރިވަރުން ވެއްދުން މަނާކޮށްފި

ޕޯސްޓް
ޕޯސްޓް
9 މަސް ago
SHARE

ހާވާޑް ޔުނިވަރސިޓީއަށް ބޭރުގެ ޤައުމުތަކުގެ ދަރިވަރުންނަށް ފުރުޞަތު ދިނުން މަނާކޮށްފައިވާ ކަމަށް އެމެރިކާގެ ސަރުކާރުން ބުނެފިއެވެ.

ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯމް އެކްސްގައި ކުރެއްވީ ޕޯސްޓެއްގައި ވިދާޅުވީ، މި ފިޔަވަޅު އެޅީ ޗައިނާގެ ވެރިކަން ކުރާ ކޮމިޔުނިޓީ ޕާޓީއާ ގުޅިގެން ޔަހޫދީންނާ މެދު ނަފްރަތު އުފެއްދުމަށް އެ ޔުނިވަރސިޓީން މަސައްކަތް ކުރަމުންދާތީ އެކަން ހުއްޓުވަން ކަމަށެވެ.

ހާވާޑް ޔުނިވަރސިޓީ އަކީ މުޅި ދުނިޔޭގައި ވެސް ހިންގާ ތަޢުލީމީ މަރުކަޒުތަކުގެ ތެރެއިން އެންމެ ޝަރަފުވެރި އެއް ޔުނިވަރސިޓީއެވެ.

ހާވަޑް ޔުނިވާސިޓީގެ ސްޓޫޑަންޓް އެންޑް އެކްސްޗޭންޖް ވިޒިޓާ އިންފޮމޭޝަން ސިސްޓަމް (އެސްއީވީއައިއެސް)ގެ ސެޓްފިކެޓް މި ވަގުތުން ފެށިގެން ބާތިލުކުރެވިފައިވާ ކަމަށް ނޯމް، އެ ޔުނިވަރސިޓީއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވިއެވެ.

މީގެ މާނައަކީ، ހާވާޑް ޔުނިވަރސިޓީއަށް ބޭރު ޤައުމުތަކުގެ އާ ދަރިވަރުން ވެއްދުމުގެ ފުރުޞަތު ބަންދުވުމުގެ އިތުރުން، އެތަނުގައި މިހާރު ކިޔަވަމުންދާ ބޭރުގެ ދަރިވަރުންނަށް ވެސް އެހެން ޔުނިވަރސިޓީތަކަށް ބަދަލުވާން ޖެހުމެވެ.

ހާވާޑް ޔުނިވަރސިޓީއާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހިތްހަމަނުޖެހުނީ، ޔުނިވަރސިޓީ ހިންގުމާއި އެތަނަށް ދަރިވަރުން ވެއްދުމުގައި އަމަލުކުރާ އުސޫލުތައް ބަދަލުކުރުމަށް ޓްރަމްޕުގެ ސަރުކާރުން އެންގި އެންގުންތަކަށް ޢަމަލުކުރަން ދެކޮޅު ހެދުމުންނެވެ.

ސަރުކާރުން ހާވާޑަށް ފޮނުވި ސިޓީގައި ޑިމާންޑްކޮށްފައިވާ ކަންކަމުގެ ތެރޭގައި ޖިންސީ އަދި ފިކުރީ ވިސްނުންތަކަށް ބެލުމެއް ނެތި ދަރިވަރުންނަށް ފުރުޞަތު ދިނުން ހުއްޓާލުމާއި ބޭރުގެ ދަރިވަރުންގެ ތެރެއިން ”ޓެރަރިޒަމާއި ޔަހޫދީންނާ މެދު ނަފްރަތު އުފެދޭ ފިކުރަށް ތާއީދުކުރާ ދަރިވަރުން“ ޔުނިވަސިޓީއަށް ނުވެއްދުމާއި މުވައްޒަފުން ނެގުމުގައި ވެސް މިފަދަ އުޞޫލުތައް ގެންގުޅުން ހިމެނެއެވެ.

މިގޮތުން، ހާވާޑް ޔުނިވަރސިޓީއަށް ސަރުކާރުން ދޭ 2.2 ބިލިއަން ޑޮލަރުގެ ބަޖެޓުގެ އިތުރުން 60 މިލިއަން ޑޮލަރުގެ ސަރުކާރުގެ ކޮންޓްރެކްޓުތައް ވެސް ވަނީ ހިފަހައްޓައިފައެވެ.

އަދި އެ ޑިމާންޑްތަކަށް ބޯނުލަނބާ ނަމަ ހާވާޑްގެ ޓެކްސް އިސްތިސްނާ އުވާލައި ސިޔާސީ މުއައްސަސާއެއްގެ ގޮތުގައި ޓެކްސް ދައްކަން ޖެހޭނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވައިފައެވެ.

ޔަހޫދީ ދަރިވަރުންނަށް ފުރައްސާރަކުރި ކަމުގެ ނަމުގައި، ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރި ޔުނިވަސިޓީތަކާއި ކޮލެޖްތަކަށް ދިން އިންޒާރުތަކަށް ފަހު ކޮލަމްބިޔާ ޔުނިވަރސިޓީގެ 400 މިލިއަން ޑޮލަރުގެ އެހީ ވެސް އެމެރިކާގެ ސަރުކާރުން ވަނީ ކަނޑާލައިފައެވެ.

ޑެންމާކުން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ނިންމައިފި!
40 ކުދިންނާއެކު ދަތުރުކުރި ޕާކިސްތާނުގެ ސްކޫލު ބަހަކަށް ބޮމުގެ ހަމަލާއެއްދީފި
ކެބިނެޓް ބައްދަލުވުމުގައި ނިދުނީކީނޫން ، ފޫހިވީ : ޓްރަމްޕް
މެކްރޮން އަވިއައިނު އަޅުއްވައިގެން ތަޤުރީރު ކުރެއްވީ ކީއްވެ؟
އީރާންގެ ނުރައްކާތެރި ޚައިބަރު މިސައިލުން އިޒްރޭލުގެ މައި ހަތިޔާރު އުފައްދާ ކާރުޚާނާ ފުނޑާލައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?