The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

2031 ގެ ނިޔަލަށް ބާސާގައި މަޑުކުރަން ނިންމައި ޔަމާލް ކޮންޓްރެކްޓް އާކޮށްފި

ޕޯސްޓް
ޕޯސްޓް
7 މަސް ago
SHARE

އެފްސީ ބާސެލޯނާގެ ޒުވާން ތަރި ލަމިން ޔަމާލް 2031 ވަނަ އަހަރުގެ ޖޫން 30 އާ ހަމައަށް އެ ކްލަބުގައި މަޑުކުރަން ނިންމައި އޭނާގެ ކޮންޓްރެކްޓް އައުކޮށްފިއެވެ.

މި އެއްބަސްވުމުގައި ޔަމާލް ސޮއިކުރީ އަންގާރަ ދުވަހު ކްލަބްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބާސެލޯނާގެ ރައީސް ޖުއާން ލަޕޯޓާގެ އިތުރުން، ނައިބު ރައީސް ރަފާ ޔުސްޓާ އަދި ކްލަބްގެ ކުޅިވަރު ޑައިރެކްޓަރު އެންޑަރސަން ލުއިސް ޑި ސޯޒާ ”ޑެކޯ“ ބައިވެރިވިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އާ ކޮންޓްރެކްޓާ އެކު ޔަމާލް ވެގެންދާނީ އެ ޓީމުގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ އަށެވެ. އޭނާ އަކީ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށް ހެދުމަށް އޭޖެންޓް މަސައްކަތްކުރި ކަމަށް ވެސް ވާހަކަ ދެކެވުނެވެ.

އެކަމަކު ބާސެލޯނާ އިން އެކަމަށް ގަބޫލެއް ނުވި އެވެ. އެކަމަކު ބޯނަސްތަކާ އެކު މިހާރު ވެސް އޭނާ ވެފައިވަނީ އެ އުމުރުގައި އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާ އަށެވެ.

ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ޔަމާލް އެ ކުލްބާއި ފުރަތަމަ ގުޅުނީ އުމުރުން އެންމެ 7 އަހަރުގައެވެ. އަދި 2023 އޭޕްރިލް 29 ގައި، އުމުރުން އެންމެ 15 އަހަރުގައި ބާސާގެ ފުރަތަމަ ޓީމަށް ޑެބިއުޓް ކުރިއެވެ. މިހާރު އުމުރުން 17 އަހަރުގެ ޔަމާލް ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ މަސްރަހުގައި ފާހަގަކޮށްލެވޭ ޕަރފޯމަންސްތަކެއް ދައްކާފައެވެ.

ޔަމާލްގެ ކުޅުމުގެ ފެންވަރު ހާމަވަނީ އޭނާ މިހާތަނަށް ހޯދާފައިވާ ރެކޯޑުތަކުންނެވެ. އޭނާއަކީ ލަ ލީގާ، ކޯޕާ ޑެލް ރޭ އަދި ސުޕަރ ކަޕްގައި އެންމެ ހަގު އުމުރުގައި ގޯލު ޖެހި ކުޅުންތެރިޔާއެވެ. އަދި ބާސާއަށް 100 މެޗު ކުޅުނު އެންމެ ހަގު އުމުރުގެ ކުޅުންތެރިޔާއަކީވެސް ޔަމާލްއެވެ.

މި ސީޒަންގައި ބާސެލޯނާއިން ކާމިޔާބުކުރި ޑޮމެސްޓިކް ޓްރެބަލް: ސްޕެނިޝް ސުޕަރ ކަޕް، ކޯޕާ ޑެލް ރޭ އަދި ލަ ލީގާ ހޯދުމުގައި ޔަމާލްގެ ދައުރު ފާހަގަކޮށްލެވެއެވެ.

މިހާތަނަށް ފުރަތަމަ ޓީމަށް 106 މެޗު ކުޅެފައިވާ ޔަމާލް މިހާރުވެސް ބެލެވެނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއެއްގެ ގޮތުގައެވެ.

ބިލިއާޑް 10-ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ފަޔާޒް އާއި އަޒްރާ ހޯދައިފި
ކާރު އެކްސިޑެންޓެއްގައި ލިވަޕޫލްގެ ޖޮޓާ މަރުވެއްޖެ
ލިވަޕޫލްގެ އެންމެ އަގުބޮޑު ކުޅުންތެރިޔަކަށް ޖަރުމަނުގެ ފްރޯރިއަން ވާޓްޒް!
އޭޝިއާގެ އެތުލެޓިކްސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ އިބާދުﷲ އާއި ޒިވާ
ފަހުވަގުތު ނިއު ބަލިކޮށް، ފައިނަލުގެ ދެވަނަ ޖާގަ އޮޑި އަށް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?