މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބޭއްވީ ”އެމްޕީބީއޭ 10 ބޯލް ޗެމްޕިއަންޝިޕް 2025“ ގެ ޗެމްޕިއަންކަން ހުސައިން ފަޔާޒް އާއި އާމިނަތު އަޒްރާ ހޯދައިފިއެވެ.
ޤައުމީ ބިލިއާޑް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހުސައިން ފަޔާޒް ހޯދީ ފައިނަލުގައި މުޙައްމަދު ސާހިލް ހަމީދު ބަލިކޮށްގެންނެވެ.
މި މެޗުން ފަޔާޒް މޮޅުވީ 11-06 ފްރޭމުންނެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ވަރަށް ވާދަވެރި ކުޅުމަކަށްފަހު، އާމިނަތު ހަލީމް (ދިލް) ގެ މައްޗަށް އާމިނަތު އަޒްރާ ކުރިހޯދީ 7-6 ފްރޭމުންނެވެ.
އެމްޕީބީއޭ އިން އެންމެ ފަހުން ބޭއްވީ 8 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދީ މުޙައްމަދު ސާހިލް އާއި ދީނާ އަހުމަދެވެ.