ޖެމްކިއު އިންވެސްޓްމަންޓް ސްކީމަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށާއި، އެ ސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއީއޭ) އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ހިންގަމުންދާ އިންވެސްޓްމަންޓް ސްކީމަކީ ޤާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫން ކަމަށެވެ.
”ބޭރު ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި މަސައްކަތްތަކުގެ އަލީގައި، ޖެމްކިއުގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވޭ“ ނޫސް ބަޔާނުގައި ބުނެފައިވެއެވެ. މި ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގ ކުރާކަމަށް ދެއްކި ނަމަވެސް، އެއީ އޮޅުވާލުމެއްކަމަށްވެސް ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 319 ވަނަ މާއްދާގެ ދަށުން، މިފަދަ ޕިރަމޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްޤު ވިއްކާލުމަކީވެސް ޤާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
ފުލުހުންނާއި ސީއެމްޑީއޭއިން ވަނީ ޓެކްނޮލޮޖީއާއެކު ތައާރަފުވަމުންދާ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ސްކީމްތަކުގައި އިންވެސްޓްކުރުމުގެ ސަބަބުން އިއާދަނުކުރެވޭފަދަ މާލީ ބޮޑެތި ގެއްލުންތަކާ އެތައް ބަޔަކަށް ކުރިމަތިލާންޖެހިފައިވާކަންވެސް އެ އިދާރާތަކުން ފާހަގަކޮށްފައިވެއެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން މި މައްސަލަ ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަމާއެކު ތަޙްޤީޤު ކުރަމުންދާ ކަމަށާއި، މި ސްކީމް ހިންގައި، ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
الحمد لله
😂😂😂
ފަގީރަކަށް އެއްޗްއް ލިބެންޔާ ކަލޭމެންނަށް ހާދަ ވަރެއްވެޔޭ……😂😂😂
ޜަގަޅު ވާހަކަ އެއްތި
ފުރަތަމަ ފުލުހުންނާ ސިފައިން ގެ މައްސަލަ ބަލާބަ ޢޭގެ ފަހުގައި އެހެން ބަޔަކާދިމާލައް ދޭބަ،ކަލޭމެން ހާދަ ކަންބޮޑުވޭ ދޯ ބަޔަކަށް އެއްޗެއް ލިބެންޏާ ދޯ..
ކޮން ބައެއް ޓިން ޓިން ކާޓޫން ބަލާ އުޅުނީ