The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އައު ޓާމިނަލް އަށް ސްޓޭކްހޯލްޑަރުން ފަރިތަކުރުމުގެ ޕްރޮގްރާމެއް އެމް.އޭ.ސީ.އެލް އިން ފަށައިފި

އަހުމަދު އަޝްރަފް
އަހުމަދު އަޝްރަފް
6 މަސް ago
SHARE

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް 26 ޖުލައި 2025 ގައި ހުޅުވުމަށް ތައްޔާރުވަމުންދާއިރު، ސްޓޭކްހޯލްޑަރުން ޓާމިނަލް އަށް ފަރިތަކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ސްޓޭކްހޯލްޑަރުންނަށް އައު ޓާމިނަލްގައި ޗެކް-އިން އޭރިއާތަކާއި، ފަސިންޖަރުން ދަތުރުކުރާނެ މަގުތަކާއި، ބޯޑިންގ ގޭޓްތައް ހިދުމަތްދޭނެ ގޮތްތަކާއި މެދު މައުލޫމާތު ފޯރުކޮށްދިނުމެވެ. އެމް.އޭ.ސީ.އެލްއިން ބުނެފައިވާ ގޮތުގައި މިކަމުގެ ސަބަބުން ޓާމިނަލް ހުޅުވޭ ދުވަހުން ފެށިގެން އޮޕަރޭޝަންތައް އޮމާންކަމާއެކު ކުރިއަށް ގެންދިޔުމަށް މަގުފަހިވާނެކަމަށް އުންމީދުކުރެވެއެވެ.

The New Passenger Terminal familiarization tour continued today with Island Aviation. Key areas highlighted during the visit included understanding passenger flow and becoming familiar with the facilities to ensure smoother airline operations. pic.twitter.com/fwN3tSPMfd

— Maldives Airports Company Ltd (@MACLmedia) June 16, 2025

އައު ޓާމިނަލަކީ ދިވެހިރާއްޖޭގެ ވައިގެ ބަނދަރަށް ގެނެވޭ ބޮޑު ކުރިއެރުމެކެވެ. މި ޓާމިނަލްގައި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އަދި އޭރޯ-ބްރިޖްތަކާއި، އޮޓޮމޭޓެޑް ބެގޭޖް ސިސްޓަމްތަކާއި، ސެލްފް-ޗެކް-އިން ކިއޮސްކްތަކާއި، ލައުންޖްތައް ހިމެނޭނެކަމަށް އެމް.އޭ.ސީ.އެލްއިން ބުނެފައިވެއެވެ.

އެމް.އޭ.ސީ.އެލްއިން ޖުލައި މަހުން ފެށިގެން މަރުޙަލާތަކަކަށް ބަހާލައިގެން އެއަރލައިންތައް އައު ޓާމިނަލަށް ބަދަލުކުރަމުން ގެންދަން ވަނީ ނިންމާފައިއެވެ. އެ ކުންފުނީގެ މަޤްޞަދަކީ މި އަހަރުގެ ފަހު ކޮޅު ފެށޭ ޓޫރިސްޓް ސީޒަނަށް ހުރިހާ އެއަރލައިނެއް އައު ޓާމިނަލަށް ބަދަލުކުރުމެވެ.

އެސްއީޒެޑްގެ ދަށުން ސަސްޓެއިނަބްލް ޓައުންޝިޕެއް އެޅުމަށް 12 ބިލިއަން ރުފިޔާގެ މަޝްރޫއަކަށް ހުއްދަދީފި
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު، މުހިންމު، ތިން އެއްބަސްވުމެއްގައި ސޮއިކުރައްވައިފި
ބޮޑެތި ޑިސްކައުންޓްތަކާއި އެކު ކައިލާން ޓްރެންޑްސްގެ އަހަރީ ސޭލް ފަށައިފި!
ހޯރަފުށީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި
މިއީ ދިވެހި ޙައްޖުވެރީންނަށް އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ވާނެ: ރައީސް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?