The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ދެ ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފި

ހައްވާ
ހައްވާ
6 މަސް ago
SHARE

އަޔަލެންޑާއި ޔޫކްރޭނަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް، އަޔަލޭންޑަށް ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ، ޔޫކްރެއިންއަށް ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށްވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

އެކި ޤައުމުތަކަށް ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. ނޮން ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވަނީ ސަފީރުންގެ ގޮތުގައި މިހާރުވެސް ތިއްބަވާ ބޭފުޅުންގެ ތެރެއިންނެވެ.

ސަފީރު ގީލާ އަކީ ސިއްހީ އަދި ފޮރިން ސާވިސްގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރެކެވެ. ދެހާސް ފަނަރަ ވަނަ އަހަރު ފޮރިން ސާވިސްގެ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށްފަހު އޭނާ ވަނީ ޖެނީވާގައި ހުންނަ އދ.ގެ ރާއްޖޭގެ މިޝަންގެ ސަފީރުކަމާއި، ޗާޖް ޑި އެފެއާޒްގެ މަގާމު އަަދާކުރައްވާފަ އެވެ. އޭނާ ވަނީ ލަންޑަނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ކައުންސެލާގެ އިތުރުން ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ސާވިސަސް ޑިޕާޓްމަންޓްގެ އެޑިޝަނަލް ސެކްރެޓަރީ އަދި ހެޑްގެ މަގާމު ވެސް ފުރުއްވާފައެވެ.

ސަފީރު އިރުތިޝާމް އާދަމް ވަނީ ޑިޕްލޮމެޓް އަދި ސިޔާސީ ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވައި ގިނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައެވެ. އެކަމަނާ ވަނީ ޖަރުމަނާއި، އިޓަލީ، ތުރުކީ އަދި ސުވިޒަލޭންޑްގެ އެމްބަސެޑަރުކަން ކުރައްވާފައެވެ. އަދި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި 2013 ވަނަ ވަނަ އަހަރު ނައިބު ރައީސްކަން ވެސް ވަނީ ކުރައްވާފައެވެ.

ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންވަނީ ތަޅުމަށް ހުށަހަޅާފައެވެ. އެ ކޮމިޓީން ވަނީ އިރުތިޝާމާއި ގީލާއަކީ މިހާރުވެސް ސަފީރުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންކަމަށްވާތީ އެ ދެ ބޭފުޅުންގެ މަގާމުގެ ޝަރުތު ހަމަވާކަމަށް ނިންމައި ރުހުން ދީފައެވެ

ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ކަނޑައަޅައިފި
ކޮމިޝަން ރިޕޯޓް ވަގުތުން ހާމަކުރަން ރައީސް އަންގަވައިފި
ފޭކު ސިޓީއެއް ދެއްކުމަށްފަހު ޖެމްކިޔުއިން ފައިސާ ނުނެގޭގޮތް ހަދައިފި
ސްޕްރީމް ކޯޓުންވެސް ނިންމީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށް!
ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?