The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް މެޑަމް ސާޖިދާ އުފައްދަވައިފި

ހުސައިން ޝިނާން
ހުސައިން ޝިނާން
5 މަސް ago
SHARE

ސިއްހީ ދާއިރާއިން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އުފައްދަވައިފިއެވެ.

މި ޖަމިއްޔާ އުފެއްދެވި ކަމުގެ އިއުލާން އެ ކަމަނާ ކުރެއްވީ މޭކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތްވަނަ ސަމިޓުގެ ކޮމިޓީ ބައްދަލުވުމުގައެވެ.

މެޑަމް ސާޖިދާ ވިދާޅުވި ގޮތުގައި މި ޖަމިއްޔާ އުފެއްދެވުމަށް މަގުފަހިވީ މޭކް ފައުންޑޭޝަންގެ މަސައްކަތްތަކުން ލިބިވަޑައިގަތް ހިތްވަރާ އެކުގައެވެ. އަދި މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެ ކަމަނާގެ އިސްނެންގެވުމުގެ ދަށުން ކުރެވުނު މަސައްކަތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ބައްދަލުވުމުގައި ހިއްސާކުރެއްވިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، އެ ބައްދަލުވުމުގައި ރާއްޖޭގައި އަގުހެޔޮ އަދި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ މަގުތައް ފަހިކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ދިގުމުއްދަތުގެ ފަންނީ ގުޅުންތައް ދެމެހެއްޓުމުގެ ޝައުގުވެރިކަން ވެސް މެޑަމް ފާޅުކުރެއްވިއެވެ.

މެޑަމް ސާޖިދާ ވަނީ މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކެންސަރު ސްކްރީނިންގ އަދި ނަފްސާނީ ސިއްހަތާ ގުޅުންހުރި ހިދުމަތްތައް ރަނގަޅުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ސިއްހީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރުކުރުމަށް އެހީތެރިވާންޖެހޭ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، ދަރިމައިނުވުމާއި މިންތީގެ ތަފާތުކުރުންތަކުން ލިބޭ އިހާނެތިކަމާއި، އަންހެނުން ބާރުވެރިކުރުމާއި، ހަކުރުބައްޔާއި ހައިޕާޓެންޝަން ފަދަ ބަލިތަކާ ގުޅޭގޮތުން މުޖުތަމައު ހޭލުންތެރި ކުރުވުމަށް މޭކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ މައުލޫމާތު ވެސް މެޑަމް ސާޖިދާ ހިއްސާކުރެއްވިއެވެ.

ކަންބޮޑުވުންތަކުން ނަޖާވެވި، އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުޞޫލުގައި ދެމިތިބެގެން: ރައީސް
ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް ޑަޔަލިސިސް ސެންޓަރު ބެހައްޓަނީ
ރައީސްގެ އިރުޝާދުގެ ދަށުން މެދު އިރުމަތީގެ ހާލަތު މިދަނީ ގާތުން މޮނިޓަރ ކުރަމުން: މިނިސްޓަރ ޒަމީރު
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ބަޔަކު ގެއްލިއްޖެ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?