The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އުސޫލާ ޚިލާފަށް މީޑިއާ ކައުންސިލްގެ އިންތިޚާބު ބާއްވާތީ ކެންޑިޑޭޓަކު ކަންބޮޑުވުން ފާޅުކޮށްފި

ހައްވާ
ހައްވާ
6 މަސް ago
SHARE

މީޑިއާ ކައުންސިލްގެ ބައި-އިލެކްޝަން ބާއްވަނީ، އުސޫލާ ޚިލާފަށް ކަމަށްބުނެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއް ކަމަށްވާ މުޙައްމަދު އަމީން، ޔޫތު މިނިސްޓްރީއަށް ފޮނުވާފައިވާ އީމެއިލް މި ނޫހަށް ވަނީ ލިބިފައެވެ. މި އީމެއިލްގައި އޭނާ ވަނީ، އިންތިޚާބުގައި ވޯޓު ލުމަށް ރީ-ރަޖިސްޓަރ ވުމުގެ ފުރުޞަތު މީޑިއާތަކަށް ނުދީ ބައި-އިލެކްޝަން ބޭއްވުމަކީ ވަކި މަޤުޞަދެއްގައި ބޭއިންސާފުން ކޮށްފައިވާ ކަމެއް ކަމަށް ބުނެފައެވެ. މީޑިއާ ކައުންސިލްގެ ބައި-އިލެކްޝަން ގައި ވޯޓު ލުމުގެ ހައްޤު ދީފައިވަނީ އެންމެ ފަހުން ބޭއްވި މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލި މީޑިއާ ތަކަށް އެކަންޏެވެ. އަދި ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު ކެންޑިޑޭޓުންނަށް ހުޅުވާލިއިރު، ވޯޓުލާން ބޭނުންވާ މީޑިއާތަކަށް ރީ-ރަޖިސްޓަރ ވުމަށް ހުޅުވާލާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

އަމީންގެ މެއިލްގައި އޭނާ ވަނީ މިއީ މީޑީއާތަކަށް ހަމަހަމަ ފުރުޞަތު ދިނުމާއި އައު މީޑިއާތަކަށް މިނިވަންކަމާއެކު އަޑު އުފުލުމަށް ލިބޭ ޙައްޤަށް އުނިކަން އަންނަ ނިންމުމެއްކަން ފާހަގަކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި އިންތިޚާބުގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ޝަރުތު ހަމަވާ ހުރިހާ މީޑީއާތަކަށް ވޯޓުގައި ބައިވެރިވުމުގެ ޙައްޤު ލިބޭކަން ކަށަވަރު ކުރުމަށްޓަކައި، ވޯޓުލުމަށް ބޭނުންވާ މީޑިއާތަކަށް ރީ ރަޖިސްޓަރ ވުމުގެ ފުރުޞަތު ދީ، ރީ-ރަޖިސްޓްރޭޝަން ނިމެންދެން ބައި-އިލެކްޝަން ފަސްކޮށް ދިނުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ. އަދި މި ބައި-އިލެކްޝަން އިންސާފުވެރިކަމާއެކު، ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ފުރިހަމަ ނުކޮށް ކުރިއަށް ގެންދާނަމަ ކޯޓަށް މި މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މި މައްސަލާގައި، ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޔޫތު މިނިސްޓްރީގައި ތިބި ސިޔާސީ ބަޔަކު ރިޝްވަތު ނަގައިގެން، މި ބައި-އިލެކްޝަން އެމްޑީޕީއަށް ވިއްކާލިކަމަށް ބުނާ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ 3 މެންބަރުންގެ ބަދަލުގައި 3 މެންބަރުން (އާންމު މެންބަރަކާއި މީޑިއާތައް ތަމްސީލްކުރާ ދެ މެންބަރުން) އިންތިޚާބު ކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި- އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00ގައެވެ.

އާ އުސޫލުގެ ދަށުން ވާނުވާ ބަންދުގައި ތިބި 10 މީހަކު ޓެގް އަޅުވައި ދޫކޮށްލައިފި
ޓުއަރިޒަމް މިނިސްޓަރ ތޯރިޤްއަށް ޒިންމާ އަދާކުރެވޭބާ؟
މީރާ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑު ޖެހިޖެހިގެން 6 ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ
ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ކަނޑައަޅައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?