ލިވަޕޫލްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޖަރުމަނުގެ އުންމީދީ ކުޅުންތެރިޔާ ފްލޯރިއަން ވާރޓްޒް ސޮއިކޮށްފިއެވެ.
ލިވަޕޫލާ އެކު، ވާޓްޒް ސޮއިކުރީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ވާޓްޒް، 22، ގަންނަން ލިވަޕޫލުން ފުރަތަމަ ބަޔާން ލެވަކޫސަނަށް ދައްކާނީ 135 މިލިއަން ޑޮލަރެވެ. އަދި، ލިވަޕޫލާ އެކު، ވާޓްޒް ހާސިލްކުރާ ކަންކަމަށް ބަލައި، އިތުރު 15 މިލިއަން ޑޮލަރު ދައްކާނެ އެވެ. މިކަންކަމަށްބަލައި ލެވަކޫސަނަށް ދައްކަން ޖެހޭ ހުރިހާ ފީއެއް ދޭންޖެހިއްޖެނަަމަ، އޭނާ ވެގެންދާނީ، ޕްރިމިއާ ލީގުގެ ކްލަބަކުން ކުރި އެންމެ އަގުބޮޑު ޓްރާންސްފާ އަށެވެ.
މި ޓްރާންސްޕާރ މާރކެޓްގައި ލިވަޕޫލުން އަންނަނީ ރަނގަޅު ޓްރާންސްފަރ ތަކެއް ކުރަމުންނެވެ. މިގޮތުން ވަޓްޒްއާއެކު ބަޔާން ލެވަކޫސަނަށް ކުޅުނު ފްރިންގޕޮންގްވެސް ވަނީ ލިވަޕޫލަށް ގެނެސްފައެވެ.
ޖަރުމަނު ލީގުގެ މޮޅުކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައިވާ ފްލޯރިއަން ހޯދަން މެންޗެސްޓާ ސިޓީއާއި ރިއަލް މެޑްރިޑުންވެސް މަސައްކަތް ކުރިއެވެ.
އުމުރުން 17 އަހަރުގައި ލެވަކޫސަން ސީނިއާ ޓީމަށް ކުޅެން ފެށި ވާޓްޒް ވަނީ އެ ޓީމަށް ކުޅޫނު، 197 މެޗުން 57 ގޯލު ޖަހައިފަ އެވެ. އަދި، ލެވަކޫސަނުން އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖަރުމަނު ލީގު ކާމިޔާބުކުރިއިރު، އޭނާ މުހިންމު ރޯލެއް ކުޅުނެވެ. ޖަރުމަނު ގައުމީ ޓީމަށް، އޭނާ ވަނީ 31 މެޗުން ހަތް ގޯލު ޖަހައިފަ އެވެ.