The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އާ އުސޫލުގެ ދަށުން ވާނުވާ ބަންދުގައި ތިބި 10 މީހަކު ޓެގް އަޅުވައި ދޫކޮށްލައިފި

ހައްވާ
ހައްވާ
6 މަސް ago
SHARE

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި 10 މީހަކު، އިލެކްޓްރޯނިކް ނިޒާމުގެތެރެއިން ޓެގް އަޅުވައި ދޫކޮށްލައިފިއެވެ.

މިކަން ހާމަކޮށް  ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވީ، ވާނުވާ ބަންދަކީ، ތަޙުގީގު ކުރިއަށްދާއިރު، މީހާގެ ފަރާތުން މުޖުތަމަޢަށް ލިބިދާނެ ގެއްލުމަކަށާއި، ހެއްކަށް ނުފޫޒު ފޯރުވުމާއި އަދި ތަޙުޤީހަށް ފިލާފާނެތީ ބަހައްޓާ ބެހެއްޓުމެކެވެ. ނަމަވެސް ޝަރީޢަށް ކުރިއަށް ނުގޮސް، ލަސްވެ ވާނުވާ ބަންދުގައި 5-6 އަހަރު ވެފައިތިބި މީހުންވެސް ޖަލުތަކުގައި އެބަތިބިކަމަށާއި، މިއީ ކަންބޮޑުވާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

”ފުރިހަމައަށް މޮނިޓަރ ކުރެވޭގޮތަށް މީހުން ދޫކުރަނީ. މިހާތަނަށް 10 މީހުން، ޓެގުއަޅުވައި ވަނީ ދޫކޮށްލާފައި. މީގެތެރޭގައިވެސް މުޖުތަމަޢަށް ނުރައްކަލެއްވާނެ ކަމަށް ބެލެވޭ އެއްވެސް މީހަކު ދުލެއް ނުކުރާނެ. ޓެގުގެ ޒަރިއްޔާއިން ދޫކުރާ މީހުން ރަނގަޅަށް ބެލެހެއްޓޭނެ.“ ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.

ވާނުވާ ބަންދުގެ މައްސަލައަށް ޙައްލެއް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާއިރު، އެލުއި ދިނުމުގެ މަސައްކަތް މިދިޔަ މޭ މަހުވަނީ ފަށާފައެވެ. މި ޓެގަކީ، މީހާ ހަރަކާތްތެރިވާ ތަން 24 ގަޑިއިރު މޮނިޓަރކުރެވޭ ޑިވައިސްއެކެވެ. އަދި ހުއްދަދީފައިވާ ސަރަޙައްދުން ބޭރަށްދާ ނަމަވެސް، މިޑިވައިސްއިން އެލަރޓްކުރާނެކަމަށެވެ.

ޖިނާއީ ކުދި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި މީހުން ބައިބިއްބައެވެ. އެމީހުންގެ ވާނުވާ ބަންދުގައި ތިބޭ މުއްދަތު މައްސަލަ ސާބިތުވެގެން އަންނަ ހުކުމަށްވުރެ ބައެއްފަހަރު ދިގުވާ ފަހަރުވެސް އާދެއެވެ. އަދި ދިގު މުއްދަތަކަށް ވާނުވާ ބަންދުގައި ބޭތިއްބުމަށްފަހު މައްސަލަ ސާބިތުނުވާ ފަހަރުވެސް އާދެއެއެވެ. މިފަދަ ހާލަތްތަކުގައި ލިބޭނެ ބަދަލެއްވެސް ނޯވެއެވެ.

ވާނުވާ ބަންދުގައި ތިބި 354 މީހުން އެބަތިބިކަމަށް ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އެއީ މާރާމާރީގެ މައްސަލަތަކުގައި 70 މީހުންނާއި، ރޭޕާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި 108 މީހުން އަދި ޓެރަރިޒަމުގެ ކުށުގެ ތުހުމަތުގައި 17 އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި 118 މީހުން ހިމެނޭކަމަށެވެ.

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ބަޔަކު ގެއްލިއްޖެ
އަންނަ މަހުން ފެށިގެން ޙާފިޒުންނަށް ދޭ އެލަވަންސް ދެ ގުނަ ބޮޑުކުރަން ނިންމައިފި
ގަތަރާއި ޑުބާއީގެ ވައިގެ ސަރަހައްދު ބަންދުކޮށްފި
ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑު ޖެހިޖެހިގެން 6 ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ
ދެ ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?