އިރާނުން އިޒްރޭލަށް ޙަމަލާދިނުމަށް ބޭނުންކުރި ޚައިބަރު މިސައިލުން އިޒްރޭލު ސިފައިންނަށް ހަތިޔާރު އުފައްދައި ފޯރުކޮށްދޭ މައި ކާރުޚާނާ އެއްކޮށް ހަލާކުކޮށްލައިފިއެވެ.
މިކާރުޚާނާއަކީ އިޒްރޭލުގެ ތެލް އަވީވުގައި ހުންނަ ހަތިޔާރު އުފައްދައިގެން އިޒްރޭލުގެ ސިފައިންނަށް ހަތިޔާރު ފޯރުކޮށްދޭ މައިތަނެވެ. ހަތިޔާރު އުފައްދައިދޭ މިކާރުޚާނާއަކީ އިޒްރޭލު ސިފައިންނަށް އެންމެ މުހިންމު އެއް މަރުކަޒެވެ.
އީރާނުގެ ބާރުގަދަ ޚައިބަރު މިސައިލަކީ ރޭ ފަތިހު މުޅިން އަލަށް އިޒްރޭލަށް ހަމަލާދިނުމަށް ބޭނުންކުރި މިސައިލެކެވެ. އީރާނުގެ ސިފައިންދަނީ މިހާރު އިޒްރޭލުގެ އެންމެ އެތެރެއަށް ބޭނުން ސަރަހައްދަކަށް ފަސޭހަކަމާއެކު މިސައިލް ހަމަލާދެމުންނެވެ. އީރާނުގެ މިސައިލް ހަމަލާ އަމާޒުވި ކާރުޚާނާގެ އިތުރުން، އެތަނާއި ޖެހިގެން ހުންނަ ހަތިޔާރު ގުދަންވެސް އީރާނު ސިފައިންވަނީ މިމިސައިލް ބޭނުންކޮށްގެން އެއްކޮށް ފުނޑާލާފައެވެ. އީރާނު ސިފައިންގެ އުފެއްދުމެއްކަމަށްވާ ޚައިބަރު މިސައިލަކީ މިސައިލް ލޯންޗުކުރާ ވަގުތުން ފެށިގެން 8 ވަރަކަށް މިނެޓުތެރޭ އިޒްރޭލުގެ ކޮންމެ ހިސާބަކަށްވެސް ހަމަލާދެވޭ ނުރައްކާތެރި މިސައިލެކެވެ.
އިޒްރޭލު ސިފައިންނަށް ހަތިޔާރު އުފައްދައި ފޯރުކޮށްދޭ މިކާރު ޚާނާއަކީ ވަރަށް ސިއްރު ލޮކޭޝަނެއްގައި އިޒްރޭލުން ސިއްރިއްޔާތުގައި ހިންގަމުން އަންނަ ތަނެއްކަމުގައިވާތީ، އެތަނުގެ މުހިންމުކަން އަންދާޒާކުރެވުނަސް، އީރާނުގެ ސިފައިންނަށް މިހާރު އިޒްރޭލުގެ މިލިޓަރީ ހުރިހާ ލޮކޭޝަންތަކެއް ސިއްރު ނުވާނެކަން އިޒްރޭލުގެ އަސްކަރިއްޔާއަށް މިހާރު ވަރަށް ރަނގަޅަށް އެނގޭނެވެ.