ފާނަ ބާނަން މޫދަށް ފައިބާ އުޅުނު މީހަކަށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މިއަދު ހެނދުނު މިޔަރު ހަމަލާދިނީ ފ. ބިލެއްދޫ ގުރުވަ ދޯނީގެ މަސްވެރިއަކަށެވެ. ބިލެއްދޫ ފާނަ މަސްވެރިންގެ ޕޭޖުން އާންމުކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު މިޔަރު ހިފާފައިވަނީ އޭނާގެ އަތުގައެވެ.
”ގުރުވަ ދޯނި އިސްމާލް ޒާހިރު އަތުގަ މިޔަރު ހިފާފަ މީ އިއްސެ އަށް މިޔަރު ހަމަލާ ދިން 2 ވަނަ ފަހަރު މިޔަރު މީ ފާނަ މަސްވެރިން ނަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް.
ގުރުވަ އިއްސެ އަށް އަވަސް ސިފާ އެއް މިންވަރު ކުރައްވާށި އާމީން“ ބިލެއްދޫ ފާނަ މަސްވެރިންގެ ޕޭޖުން ބުނެފައިވެއެވެ.
ރާއްޖޭގައި މިޔަރު ހިމާޔަތްކުރިފަހުން މިޔަރުގެ އާބާދީވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ދާދިފަހުން ލ. އަތޮޅުގައި ޓްރެއިނިންގ ހަދަމުންދިޔަ ސިފައިންގެ މީހަކުވެސް ވަނީ މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ނިޔާވެފައެވެ.