باستخدام هذا الموقع ، فإنك توافق على سياسة الخصوصية و شروط الاستخدام .
Accept
The Post The Post The Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Notification Show More
Font ResizerAa
Font ResizerAa
The Post The Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޓުއަރިޒަމް މިނިސްޓަރ ތޯރިޤްއަށް ޒިންމާ އަދާކުރެވޭބާ؟

ރާ ޒަވިޔަނި
ރާ ޒަވިޔަނި
2 މަސް ago
SHARE

ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ހިއްސާއެއް އަދާ ކުރަނީ ފަތުރުވެރިކަމުންނެއެވެ. މިއަދު ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިބަދަކަމުގައިވާ، ފަތުރުވެރިކަމުގެ ’ޒުވާން އުމުރު‘ ގައި މިވަނީ މެދުއުޑުގައި ފިޔަޖަހާ، މުޅި ދުނިޔެއަށް ގޮންޖަހާލެވޭވަރުގެ އިންޑަސްޓްރީއަކަށް ބަދަލުވެފައެވެ. ތަހުޒީބާއި ތަރައްޤީވެފައިވާ އެތައް ޤައުމެއް، އެތައް މިލިއަން ބަޔަކު، އަދި އެތައް މިލިއަން އިންވެސްޓްމަންޓުތަކެއް ފަހަތަށް ޖައްސާ، ދުނިޔޭގެ ފަތުރުވެރިކަމުގެ ބެންޗްމާރކަކީ ދިވެހިރާއްޖެކަމަށް މުޅި ދުނިޔެ ވަނީ އިއުތިރާފްވެފައެވެ.

2010 ވަނަ އަހަރު ފަތުރުވެރިކަމަށް އިންޤިލާބީ ބަދަލެއް ވަނީ އައިސްފައެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރި ޚިދުމަތްތައް ލިބޭ ގެސްޓްހައުސް، ޓޫރިސްޓްހޮޓާ ފަދަ ތަންތަން ހުޅުވާ އޮޕަރޭޓްކުރުމުގެ ހުއްދަ ދޫކުރިއެވެ. އާއްމު ބަހުރުވައިންނަމަ ’ލޯކަލް ޓޫރިޒަމް‘ ފުޅާވެ ފެތުރިގެން ދިޔައެވެ. ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ދިވެހިން ބޭނުންވެފައި ތިބި މިންވަރު ހާމަވެގެން އަންނަނީ، މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސްތައް ހިންގުމަށް ހުޅުވާލިތާ އެންމެ 10 އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ އެނދުގެ ކެޕޭސިޓީގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ ލޯކަލް ޓޫރިޒަމް ކަމަށް ވެއްޖެއެވެ.

ދިވެހިރާއްޖޭގައި 800 އަށްވުރެ ގިނަ ފަޅުރަށްތައް އޮތްއިރު، 200 އަށްވުރެ މަދު ރަށެއްގައި ރެޒޯޓް ތަރައްޤީކޮށްގެން، މުޅި ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ ގޮތުގައި، 1 ވަނަ ނަންބަރުގައި ފަޚުރުވެރިކަމާއެކު މިއޮތީ ދިވެހިރާއްޖެއެވެ. މިއީ ކޮންފަދަ ބޮޑު އުފާވެރިކަމެއްތޯއެވެ؟ މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ، ޚާއްސަކޮށް ލަގްޒަރީ ޓޫރިޒަމްގެ ބެންޗްމާރކްއަކީ ދިވެހިރާއްޖެކަމުގައި ވެއްޖެއެވެ.

ކޮންމެއަކަސް ދައްކަން މިއުޅެނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން އުފައްދާފައިވާ މިނިސްޓްރީ ހިންގުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ ތޯރިގް އިބްރާހިމްއަށް މިމަސައްކަތް މިއަދު އެކަށީގެންވާ މިންވަރެއްގައި ކުރޭވޭތޯ ކަމާއި މެދު އުދެފޭ ސުވާލުއެވެ. ޒަމާނުއްސުރެ ރާއްޖޭގެ ޓުއަރިޒަމް މިނިސްޓްރީއަކީ ވަކިން ހިންގަމުން އަންނަ ތަނެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައުމަށްފަހު ފަތުރުވެރިކަމާ ބެހޭ ވަޒީރު ކަމަށް އިބްރާހިމް ފައިސަލް އައްޔަން ކުރެއްވުމަށްފަހު، އޭނާ ވަނީ އެމަޤާމުން ވަކި ކުރައްވާފައެވެ. މާބޮޑު ތަފްސީލެއް އެކަމުގައި ސަރުކާރުން ހާމަނުކުރި ނަމަވެސް އަޑުތައް އިވިގެން އައީ ފައިސަލްއަށް މިނިސްޓްރީ ހިންގުމުގެ ޤާބިލްކަން ނެތުމުން ކަމަށެއެވެ. ދެން ފެނިގެން ދިޔައީ އެންވަޔަރަމަންޓް މިނިސްޓްރީއާއި ޓުއަރިޒަމް މިނިސްޓްރީ އެއްކޮށްލުމަށްފަހު މިނިސްޓަރު ޠާރިގު އިބްރާހީމްއާއި އެދެ މިނިސްޓްރީ ހިންގެވުމާއި ހަވާލުކުރެއްވި ތަނެއެވެ. ރައީސް މުއިއްޒު މިގޮތަށް ނިންމެވީ މިނިސްޓަރ ތޯރިގަކީ ޤާބިލް ބޭފުޅެއް ކަމަށް ވިސްނާވަޑައިގެން، ހެޔޮ ނިޔަތުގައި ކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް ފެނިގެން މިދަނީ މުޅިން އެހެން މަންޒަރެކެއެވެ. ތަޖްރިބާގެ އަލީގައި މިނިސްޓަރ ތޯރިގް މަސައްކަތްކުރައްވާތަން ފެނިވަޑައިގަންނަވަނީ އެންވަޔަރަމަންޓް މިނިސްޓްރީ ހިންގެވުމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގްތިޞާދު ތަރައްޤީކުރުމުގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާއިރު، މިނިސްޓަރ ތޯރިގް މިވުޒާރާގެ މަސައްކަތްތަކަށް ސަމާލުކަންދެއްވާ މިންވަރު ކުޑަކަން ފާހަގަކުރެއެވެ. އެގޮތުން ޓުއަރިމް މިނިސްޓްރީގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ކަންބޮޑުވުންތައްވެސް މިކަމުގައި އެބަހުއްޓެއެވެ. ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކުރިން ކުރަމުން އައި މަސައްކަތްތައް މަޑު ޖެހިފައިވާ ކަމާއި މިނިސްޓަރ ތޯރިގް ހަފްލާތަކުގައި ބައިވެރިވެޑައިގަންނަވާ މިންވަރުވެސް މަދު ކަމަށް ދަނީ ބުނަމުންނެއެވެ.

ކޮންމެއަކަސް މިނިސްޓަރުގެ މަސައްކަތް މިގޮތަށް ދޯދިޔާވެ ފަތުރުވެރިކަމާއި ބެހޭ މިނިސްޓްރީ ހިންގުމުގައި އިހްމާލުތަކެއްވާނަމަ މިއީ ވަރަށް ބޮޑު ގޯހެކެވެ. ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މައި ނާރު ކަމަށްވާ ފަތުރުވެރިކަން މިދަނީ އަނދަވަޅަކަށް ދިމާލަށް ވެއްޓެމުންނެއެވެ. މިއަދު ފެންނަ މަންޒަރުތަކަށް ބަލާއިރު ފާއިތުވި އަހަރުތަކުގައިވެސް ފަތުރުވެރިކަމާއި ބެހޭ މިނިސްޓްރީ މިހާ ފަހަތުގައި އޮތް ތަނެއް ނުފެނެއެވެ. އަބަދުވެސް ފެންނަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރެއްވުމަށް ކޮންމެވެސް މަސައްކަތްތަކެއް ކުރައްވާ ތަނެއެވެ. ދެއަތް އުރާލައިގެން މިނިސްޓަރ ތޯރިގް ހުންނަވާ ގޮތަކަށް ހުންނެވި އެހެން މިނިސްޓަރަކާއި ދިމައެއް ނުވެއެވެ. ހިންގުމުގެ ޤާބިލްކަން ނެތް ކަމަށްވާނަ، މިފަދަ މިނިސްޓްރީއަކާއި މިނިސްޓަރ ތޯރިގް ހަވާލުވެވަޑައިގެންނެވީ ކީއްވެތޯއެވެ. މިފަދަ ގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަން ފަހަތަށް ދާތަން ބަލަން ރައްޔިތުންނާއި އަދި މިދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ނުތިއްބާނެކަން ޤަބޫލުކުރައްވާށެއެވެ.

ޤަބޫލުފުޅުކުރައްވާށެއެވެ. ދިވެހިރާއްޖެއަކީ މުޅި ދުނިޔެ އިންތިޒާރުކުރާ އަދި ކޮންމެ ދެމަފިރިއެއްގެ މަންޒިލަކަށްވެއްޖެއެވެ. މިކުޑަކުޑަ ޖަޒީރާ ރާއްޖެ ”ދިވެހިރާއްޖެ“ މިވަނީ ދުނިޔޭގެ މަޤްބޫލް ބްރޭންޑެއްގެ ގޮތުގައި ބަލައިގަނެފައެވެ. މިހާރު ދިވެހި ފަތުރުވެރިކަމުގެ އަމާޒު ކަށަވަރު ކުރަންވީ، މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކޮށްގެން، ދުނިޔޭގެ 1 ވަނަ މަންޒިލް ގެ ގޮތުގައި ދެމިތިބުމެވެ. މިކަންވެސް މިގޮތުގައި ދެމި އޮންނާނީ ފަތުރުވެރިކަމާއި ބެހޭ މިނިސްޓްރީ ހިންގަވާނެ ޤާބިލް ބޭފުޅަކު އައިސްގެންނެއެވެ. އެހެންނޫނީ ދިވެހިންގެ އަތުގައި ދެމިއޮތް މިލަގަބު ދެން ގެއްލި ބީވެދާނެއެވެ. މިނިސްޓަރ ތޯރިގަށް މިކަން ނުކުރެއްވޭ ނަމަ އިސްތިއުފާ ދިނުންވެސް އެއީ މަނިކުފާނަށް އޮތް ޗޮއިސްއެކެވެ.

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު، މުހިންމު، ތިން އެއްބަސްވުމެއްގައި ސޮއިކުރައްވައިފި
އަންނަ މަހުން ފެށިގެން ޙާފިޒުންނަށް ދޭ އެލަވަންސް ދެ ގުނަ ބޮޑުކުރަން ނިންމައިފި
ސްޕްރީމް ކޯޓުންވެސް ނިންމީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށް!
ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް އަތޮޅުތަކުގައި ރިސޯޓު ތަރައްޤީކުރުމަށް ގެންގުޅުއްވާ ޕްލޭން ރައީސް އިޢުލާނުކުރައްވައިފި
އާ އުސޫލުގެ ދަށުން ވާނުވާ ބަންދުގައި ތިބި 10 މީހަކު ޓެގް އަޅުވައި ދޫކޮށްލައިފި
1 Comment
  • Avatar Tourism Doctor says:
    ޖޫން 25, 2025 at 10:58 ޕމ

    ވާނީ އެހެންތާއެވެ. އެހެން މީހަކަށް ފުރުސަތެއް ނުދޭންވެގެން، މުއިއްޒުގެ ބޮލަށް އެރުނީއެވެ. މަށަށްވާނެ ކަމަށް ހީކުރީއެވެ. މީނައަށް ވުރެ ތިމާވެށި މިނިސްޓަރުކަމަށް ގާބިލިމީހުން މިސަރުކާރުގައިވެސް އެބަތިއްބެވެ. އަދިވެސް ލަހެއް ނުވެއެވެ. ދެ މިނިސްޓްރީ ވަކިކޮށް ދެމީހަކާ ދެތަން ހަވާލުކުރާށެވެ.

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?