The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ހަލާލް ޓޫރިޒްމަށް ރިސޯޓް ތަރައްޤީ ކުރާ 5 އަތޮޅު އިއުލާންކޮށްފި

ހައްވާ
ހައްވާ
5 މަސް ago
SHARE

ރާއްޖޭގެ 5 ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ކޮންސެޕްޓް ތަންފީޒުކުރެވިގެން ދާނީ ރިސޯޓު ތަރައްގީކުރެވޭ މަރުހަލާގެ ތެރެއިންނާއި އަދި ރިޒޯޓް އޮޕަރޭޝަންސްގެ މަރުހަލާގައި ކަމަށެވެ. ރާއްޖޭގެ ފަސް ސަރަހައްދަކުން ކަނޑައެޅޭ ރަށްތަކެއް މި ކޮންސެޕްޓަށް ތަރައްޤީކޮށް ފަތުރުވެރިކަމަށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ. މި ފަސް ސަރަހައްދަކީ ހއ. ހއ. ށ. ތ. އަދި ލ އަތޮޅެވެ.

ހަލާލް ޓޫރިޒަމްގެ ކޮންސެޕްޓަށް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް ހިތްވަރު ދިނުމަށް އިތުރު ލުއިތަކެއް ދެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

މިގޮތުން ލިބިގެންދާނެ ލުއިތަކުގެ ތެރޭގައި ލީސް އެކުއިޒިޝަން ކޮސްޓް އިތުރު 20 އިންސައްތަ ދަށްކުރުމާއި، ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނޭ މަގު ފަހިކުރުން ހިމެނެއެވެ. މި ގޮތުން، ރިޒޯޓު ތަރައްގީ ކުރުމަށް ދެވޭ މުއްދަތުގެ ތެރޭގައި ލީސް އެކުއިޒިޝަން 5 ވަނަ އަދި 6 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި ދައްކާގޮތަށް ހަމަޖެއްސުމާއި ރިޒޯޓް ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު (ގްރޭސް ޕީރިއަޑް) ގެ ކުރިން ރަށް ނުވަތަ ފަޅު އޮޕަރޭޓްކުރާ ހާލަތުގައި، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުމުގެ ބަދަލުގައި އެއްކޮށް މައާފްކޮށްދިނުންވެސް ހިމެނެއެވެ. އަދި ރިޒޯޓެއް ތަރައްޤީކުރުމަށް ގެންނަ ތަކެތި 20 އިންސައްތަ އާ ހަމައަށް ޑިއުޓީ މައާފްކޮށްދިނުމާއި އަދި ތަންތަން ތަރައްގީ ކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސްސަސްއާއި އިލެކްޓްރޯނިކް އަދި އެހެނިހެން އެމެނިޓީސް ޑިއުޓީ މާފުކުރުން ހިމެނެއެވެ، 

ހަލާލް ޓުއަރިޒަމްއަށް ޚާއްސަކޮށްގެން ވަކި ރަށްތަކެއް ތަރައްގީކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ އިއްޔެއެވެ.

ހަލާލު ޓޫރިޒަމަކީ ހާއްސަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެހެން ހުރިހާ މެހުމާނުންނަށްވެސް މެހުމާންދާރީ އަދާކުރެވޭގޮތަށް، ފަރުމާކުރެވިފައިވާ ހިދުމަތްތަކެކެވެ.

ޔުމްނުގެ މައްސަލަ ތަހުޤީޤު ކުރަން އުފެއްދި ޚާއްސަ ކޮމިޝަންގެ ތަޙުޤީޤު ނިންމައި، ރައީސަށް ރިޕޯޓް ފޮނުވައިފި
މައްކާގައި ތިބި 499 ދިވެހި ހައްޖުވެރިންގެ ހާލުވެސް ރަނގަޅު: މިނިސްޓަރ ޝަހީމް
ދޮށީއުމުރު މީހުންނާ ބެހޭ ޤައުމީ ޢަމަލީ ޕްލޭން އިފްތިތާޙު ކޮށްފި!
މަސްވެރިކަންކުރާ ފަރާތްތަކަށް އިތުރު ލޯން ސްކީމްތަކެއް ތައާރަފްކޮށްފި
އެމްޓީސީސީ އިން ތިން ރަށެއްގައި މަޝްރޫޢުތައް ހިންގަން އެއްބަސްވުމުގައި ސޮއިކޮށްފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?