The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މިއަހަރު މިހާތަނަށް ރާއްޖެއަށް 1.9 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކޮށްފި

ހައްވާ
ހައްވާ
5 ދުވަސް ago
SHARE

ފަރަންސޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ބައިލައްކައަށް އަރާފައިވާކަން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މިއީ، ރާއްޖެއަށް ފަތުރުވެރިން ގެނެސްދޭ ޤައުމުތަކުގެ ތެރެއިން 8 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ގެނެސްދޭ ޤައުމެވެ. މިހާތަނަށް މުޅި ޖުމްލަ 1.9 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުގެ 2.3 މިލިޔަން ފަތުރުވެރިންގެ އަމާޒު ހާސިލުވުމާ މިވަނީ ވަރަށް ގާތަށް އައިސްފައެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ފަރަންސޭސިވިލާތުން ރާއްޖެއަށް 50،282 ފަތުރުވެރިން ވަނީ، ޒިޔާރަތްކޮށްފައެވެ. މިއީ، މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ ޢަދަދުގެ 2.6 އިންސައްތައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,969,726 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި ޢަދަދަކީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1,790,268 ފަތުރުވެރިންނާ އަޅާ ބަލާއިރު، 10 އިންސައްތަ އިތުރު ޢަދަދެކެވެ.

މިމުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 5 ޤައުމު:

  • ޗައިނާ: 307,722 ފަތުރުވެރިން
  • ރަޝިއާ: 248،308 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 175،874 ފަތުރުވެރިން
  • ޖަރުމަނުވިލާތް: 148،612 ފަތުރުވެރިން
  • އިޓަލީވިލާތް: 128،286 ފަތުރުވެރިން

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. އެއީ، ޖުމްލަ ފަތުރުވެރިންގެ 73.6 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ، ގެސްޓްހައުސްތަކުގައެވެ. އެއީ، 21.5 އިންސައްތަ ފަތުރުވެރިންނެވެ.

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ، ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން އައުމާ ގާތްވެފައިވާއިރު، މި އަމާޒު ހާސިލުކުރުމަށް ދެން ބޭނުންވަނީ، 3 ލައްކައެއްހާ ފަތުރުވެރިންނެވެ. ރާއްޖެއަށް މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. މިހާރގެ މި ޓްރެންޑް ދެމިގެންދާނަމަ، ސަރުކާރުގެ އަމާޒު ފަސޭހައިން ހާސިލުވެގެންދާނެކަމަށް ލަފާކުރެވެއެވެ.

އެޗްޑީސީގެ އާ ވެބްސައިޓް ލޯންޗްކޮށްފި
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު، މުހިންމު، ތިން އެއްބަސްވުމެއްގައި ސޮއިކުރައްވައިފި
ކޮމިޝަނަށް ދޮގު ބަޔާން ދީފައިވާތީ ދާއޫދު މަގާމުން ވަކިކޮށްފި
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަށް ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު ސޮއިކޮށްފި
މިމަހުގެ މިހާތަނަށް މަސްވެރިންގެ އަތުން 46.4 މިލިޔަން ރުފިޔާގެ މަސް މިފްކޯއަށް ގަނެފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?