The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ކަމެއް ނޭނގޭ ހިނދު އެކަމަށް އިޢުތިރާފުވުމަކީ ބަލިކަށިކަމުގެ ނިޝާނެއް ނޫން!

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ދުވަސް ago
SHARE

އެއްވެސް ޚިޔާލެއް ނުވަތަ ޢަމަލެއް ކުށެއް ކަމުގައި ވިޔަސް، އެއީ ރަނގަޅު ކަމެއްކަމަށް ޤަބޫލުކުރުމަކީ އާންމުކޮށް ފެންނަ ކަމެކެވެ. މިފަދަ ދަނޑިވަޅުތަކުގައި، ރަޙްމަތްތެރިއަކު ނުވަތަ މަސައްކަތުގެ ބައިވެރިއަކާ ދެމެދު ޚިޔާލުތަފާތުވުމެއް ކުރިމަތިވެއްޖެނަމަ، އަމިއްލަ ނިންމުން އެންމެ ރަނގަޅު ކަމަށް ދެކެވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، އަލަށް ކުރެވުނު ދިރާސާތަކުން ދައްކައިދޭ ގޮތުގައި މިފަދަ ހާލަތްތަކުގައި ތިމާއަށް ގޯސް ހެދިދާނެއެވެ.

ދިރާސާވެރިން ފާހަގަކުރައްވާ ގޮތުގައި، ގިނަ ފަހަރަށް މީހުން ޤަބޫލުކުރަނީ ނިންމުމެއް ނިންމުމަށް ނުވަތަ އެމީހުންގެ ވިސްނުން ދިފާޢުކުރުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް އެމީހުންގެ އަތުގައި ހުރި ކަމަށެވެ. ނަމަވެސް، މިއީ ޙަޤީޤަތާ ޚިލާފު ކަމެކެވެ. މި ނަފްސާނީ ހާދިސާއަށް ކިޔަނީ ”އިލޫޝަން އޮފް އިންފޯމޭޝަން އެޑިކުއަސީ“ ނުވަތަ ”ކޮންފިޑެންސް އިލްޔޫޝަން“ އެވެ. މިއީ ދެބަސްވުމެއްގައި ތިމާ ބުނާގޮތަކީ ރަނގަޅު ގޮތް ކަމަށް ނިންމުމަށްފަހު، ފަހުން ޙަޤީޤަތުގައި ތިމާ ބުނީ ގޯސްކޮށްކަން އެނގުމުން ކުރިމަތިވާ އިޙްސާސެކެވެ.

މި ދެކަމަކީވެސް މީހުން އެމީހުންގެ ޢިލްމާއި ނިންމުންތައް ނިންމުމުގެ ޞައްޙަކަން މާބޮޑަށް އަންދާޒާކުރާ ނަފްސާނީ ކަމެއް ކަމަށް ބެލެވެއެވެ. މިއީ އިންސާނީ ސިކުނޑިން ކުޅޭ އުކުޅެކެވެ. އޭގެ ސަބަބުން، ޙަޤީޤަތްތަކުގެ ބިންގަލެއް ނެތް ނަމަވެސް އަމިއްލަ ނަފްސުގެ ޔަޤީންކަން އިތުރުވެއެވެ. ނަމަވެސް، ގިނަ ފަހަރަށް އިތުބާރާއި ޞައްޙަކަމާ ދެމެދު ގުޅުމެއް ނޯވެއެވެ. ހަމައެކަނި ޔަޤީންކަން އިޙްސާސް ކުރެވުމަކުން އޭގެ މާނައަކީ ތިމާއަކީ ޞައްޙަ މީހެއް ކަމަކަށް ނުބެލެވޭނެއެވެ.
އިންސާނީ ސިކުނޑި ބައްޓަންވެފައިވާ ގޮތުގެ ސަބަބުން، އަޅުގަނޑުމެންގެ ވިސްނުމުގައި ބައެއް ކަހަލަ އޮޅުންތަކާއި ހީވުންތައް އުފެދެއެވެ. އިންސާނާގެ ސިކުނޑި ފަރުމާކުރެވިފައިވަނީ އަވަސް ނިންމުންތައް ނިންމުމަށް މަގުފަހިވާ ގޮތަށެވެ. މިގޮތުން، އަޅުގަނޑުމެން ބަރޯސާވަނީ ކުރީގެ ތަޖުރިބާތަކަށާއި، އިހުސާސްތަކަށާއި، ފުރިހަމަނުވާ މަޢުލޫމާތުތަކަށެވެ. މިކަމުގެ ސަބަބުން އަމިއްލަ ނަފްސުގެ އިތުބާރު އިތުރުވި ނަމަވެސް، ހާލަތު ތަޙުލީލުކޮށް ވަޒަންކުރުމުގެ ޤާބިލުކަން ދަށްވެގެންދެއެވެ.މި ބާވަތުގެ ވިސްނުމުގެ އޮޅުންތައް ދެނެގަތުމަކީ އެކަމުން އަރައިގަތުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. އަމިއްލަ ނަފްސަށް މާބޮޑު ޔަޤީންކަމެއް އިޙުސާސްކުރެވޭ ހިނދު، ވިސްނާލައި، އަމިއްލަ ޚިޔާލުތަކާމެދު ސުވާލު އުފައްދަން ޖެހެއެވެ. އަދި ހަނދާން ބަހައްޓަންވާނީ ޔަޤީންކަމުގެ މާނައަކީ އަބަދުވެސް ޞައްޙަކަން ނޫންކަމެވެ.

އިތުބާރުގެ ވަހުމާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި، ޝައުޤުވެރިކަމާއި ނިކަމެތިކަމުގެ ވިސްނުމެއް އަށަގަންނަވައި، އަމިއްލަ ނަފްސު ދަސްކުރުމަށް ހުޅުވާލުން މުހިންމެވެ. އަވަސް ނިންމުންތަކަކަށް ވާސިލުވުމުގެ ބަދަލުގައި، އިތުރު ސުވާލުތަކާއި އިދިކޮޅު ޚިޔާލުތަކަށް ހުޅުވާލެވިގެންވާ ވިސްނުމެއް ގެންގުޅެން މަސައްކަތް ކުރަންވާނެއެވެ.
ކަމެއް ނޭނގޭ ހިނދު އެކަން އިޢުތިރާފުވުމަކީ ބަލިކަށިކަމުގެ ނިޝާނެއް ނޫނެވެ. އެއީ ޙަޤީޤަތުގައި ހިތްވަރުގަދަކަމުގެ ނިޝާނެކެވެ. އަމިއްލަ ކުށް ޤަބޫލުކުރާ މިންވަރަކުން، އިތުރަށް ދަސްކުރުމަށާއި، ކުރިއެރުމަށާއި، ރަނގަޅު ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެއެވެ.

މި ބާވަތުގެ ބިނާކުރަނިވި ޝައްކު ގެންގުޅުމަކީ އަމިއްލަ ނަފްސުގެ ތަރައްޤީއަށާއި، މުޖުތަމަޢުގެ ކުރިއެރުމަށް ވެސް މުހިންމު ކަމެކެވެ. މިއީ އަޅުގަނޑުމެންގެ ވިސްނުމުގެ ހުދޫދުތައް ފަހަނައަޅައި، އައު ޚިޔާލުތަކަށް ހުޅުވާލެވިގެންވާ ވިސްނުމެއް އަށަގަންނަވައި، އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި، ޙަޤީޤަތުގައި އެކަމެއް އޮތް ގޮތާ ދެމެދު ރަނގަޅު ބެލެންސެއް ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އަމިއްލަ ނަފްސުގެ އިތުބާރު ބޮޑުވުމުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާމެދު ހޭލުންތެރިވެ، އަބަދުވެސް ދަސްކުރުމުގެ ވިސްނުމެއް ގެންގުޅުމަކީ މުހިންމު ކަމެކެވެ. މިގޮތުން، އަމިއްލަ ޚިޔާލުތަކާމެދު ސުވާލު އުފެއްދުމާއި، އެހެން މީހުންގެ ޚިޔާލުތަކަށް ހުޅުވާލެވިގެންވާ ވިސްނުމެއް ގެންގުޅުމަކީ އަޅުގަނޑުމެންގެ ނިންމުންތައް އިތުރަށް ހަރުދަނާވެ، ފުރިހަމަވެގެން ދިއުމަށް މަގުފަހިވާނެ ކަމެކެވެ.

 

ކޮފީއަކީ އަންހެނުން މުސްކުޅިވުމާ ދުރުކޮށްދޭ ސިއްރަކަށްވެދާނެ: ދިރާސާ
މަސްވެރިކަމުގެ ޞިނާޢަތަށް ސަރުކާރުން ގެނެސްދެއްވި އުންމީދީ ތަރައްޤީ
ފައިތިލައިގެ ދުޅަހެޔޮ ކަމަށް ފަރުވާ ކުޑަނުކުރޭ!
ރާއްޖެއަށް އިޤްތިޞާދީ ފުދުންތެރިކަން ހާސިލުވާނެކަމުގެ އުންމީދު ބޮޑެ
ޓުއަރިޒަމް މިނިސްޓަރ ތޯރިޤްއަށް ޒިންމާ އަދާކުރެވޭބާ؟
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?