The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޑްރިފްޓް ތެލުވެލިގާ ރިޓްރީޓް ވިއްކާލަނީ!

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ދުވަސް ago
SHARE

ކާސްޓަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ލޯނެއްގެ ފައިސާ އަނބުރާ ހޯދުމަށް، ބޭންކް އޮފް ސިލޯންއިން ދެކުނު އަރިއަތޮޅުގައި އޮންނަ 5 ތަރީގެ ޑްރިފްޓް ތެލުވެލިގާ ރިޓްރީޓްގެ ހެޑް ލީޒްހޯލްޑް ހައްގު ވިއްކާލަން ނިންމައިފިއެވެ. މި ރިސޯޓް ވިއްކާލުމަށް ސިވިލް ކޯޓުން ވަނީ ހުއްދަ ދީފައެވެ.

މި ރިސޯޓަކީ 30 ވިލާ ހިމެނޭ ރިސޯޓެކެވެ. ބޭންކް އޮފް ސިލޯންއިން މި ރިސޯޓް ވިއްކާލަން ހަމަޖައްސާފައި ވަނީ ކްލޯސްޑް ޓެންޑަރ އުސޫލުންނެވެ. ބޭންކުން ބުނި ގޮތުގައި މި ރިސޯޓްގެ ލީޒް މުއްދަތު 2064 ވަނަ އަހަރުގެ އެޕްރީލް މަހު ހަމަވާނެ ކަމަށާއި، ކާމިޔާބުވާ ފަރާތަކަށް ފަތުރުވެރިކަމުގެ ގާނޫނާ އެއްގޮތަށް އިތުރު 49 އަހަރަށް ލީޒް މުއްދަތު ދިގުދައްމާލުމުގެ ފުރުސަތު ލިބޭނެއެވެ.

މި ޓެންޑަރަށް ހުށަހަޅާނެ އެންމެ ކުޑަ އަގަކަށް ބޭންކުން ކަނޑައަޅާފައި ވަނީ 9.9 މިލިއަން އެމެރިކާ ޑޮލަރެވެ. ޓެންޑަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކުންފުނި ރަޖިސްޓްރީގެ ލިޔުންތައް، ބޯޑު ރިޒޮލިއުޝަން އަދި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ ހުށަހަޅަން ޖެހޭނެއެވެ.

ޓެންޑަރ ޑޮކިއުމެންޓްސް ހޯދުމަށް 5,000 އެމެރިކާ ޑޮލަރުގެ ނޮން-ރިފަންޑަބަލް ފީއެއް ދައްކަން ޖެހޭނެއެވެ. މީގެ އިތުރުން 25,000 އެމެރިކާ ޑޮލަރުގެ ޑިޕޮޒިޓެއް ހުށަހަޅަން ޖެހޭނެ ކަމަށާއި، ޓެންޑަރ ހުށަހެޅުމަށްފަހު ފަސްޖެހިއްޖެނަމަ ނުވަތަ ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތުގައި ދައްކާފައި ނުވާނަމަ މި ޑިޕޮޒިޓް ބޭންކަށް ނަގާނެ ކަމަށް ވެސް ބުނެފައިވެއެވެ. ޓެންޑަރ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި އެޕްލިކޭޝަންތައް ހުޅުވުން އޮންނާނީ ބޭންކް އޮފް ސިލޯންގެ މާލޭ ގޮފީގައެވެ.

ޓެންޑަރ ކާމިޔާބުކުރާ ފަރާތުން، އެވޯޑް ދިން ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޓެންޑަރ އަގުގެ 25 އިންސައްތަ ދައްކަން ޖެހޭނެއެވެ. އަދި ފުރިހަމަ ފައިސާ 60 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެއެވެ. ކާމިޔާބުކުރާ ފަރާތުން ފައިސާ ދެއްކުމަށް ނާކާމިޔާބުވެއްޖެނަމަ، ދެވަނަ އަށް އެންމެ މަތީ އަގެއް ހުށަހަޅާފައިވާ ފަރާތަށް މި ފުރުސަތު ލިބޭނެއެވެ. މި ރިސޯޓާ ގުޅުންހުރި ކޮންމެ ބާވަތެއްގެ ފައިސާއެއް، ޓެކްސް، ނުވަތަ ސަރުކާރަށް ދައްކަންޖެހޭ އެހެނިހެން ފީތައް ވިއްކައިގެން ލިބޭ ފައިސާއިން ކެނޑޭނެއެވެ.

ޓެންޑަރ ޑޮކިއުމެންޓްސް 2026 ވަނަ އަހަރުގެ ޖެނުއަރީ 7 ވަނަ ދުވަހުގެ ނިޔަލަށް ދޫކުރާނެއެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2026 ވަނަ އަހަރުގެ ޖެނުއަރީ 8 ވަނަ ދުވަހުގެ 14:00 އެވެ.

އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި
ސިންގަޕޫރަކީ ދިވެހިން ތަރައްޤީ ތަޞައްވުރު ކުރުމުގައި ނަމޫނާއަކަށް ބަލާ ޤައުމެއް: ރައީސް
ދަރަނިތަކަށް 5.1 ބިލިއަން ހޭދަކުރުމާ އެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން އަރަނިކޮށްފި
މަގްބޫލު އީޒްއެޕް ޑައުން ވެއްޖެ!
ލޯބިވެރިޔާއަށް ތޫނު އެއްޗަކުން ހަމަލާދިން މީހާގެ ބަންދަށް 30 ދުވަސް!
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?