The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ސަރަޙައްދީ އެއްބާރުލުން ދިރުވައި އާލާކުރަންޖެހޭ: ރައީސް މުޢިއްޒު

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ދުވަސް ago
SHARE

ދެކުނު އޭޝިއާ ސަރަހައްދުގެ އެއްބާރުލުން ދިރުވައި އާލާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ޗާޓަރުގެ 40 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސާކްގެ ސެކްރެޓަރީ ޖެނެރަލަށް މެސެޖެއް ފޮނުއްވައިފިއެވެ. ސާކް ޗާޓަރ ދުވަސް ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ފާހަގަކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، މި ސަރަހައްދީ ޖަމްޢިއްޔާއަށް އަލުން ދިރުމެއް ގެނައުމަށްޓަކައި، ގައުމުތަކުގެ ދެމެދުގައި އިތުބާރު އަލުން ބިނާކޮށް، ސާކް ސަމިޓް ބާއްވައިގެން ކުރިއަށް ދިއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ފާހަގަކުރައްވާފައެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދުގެ ޤާބިލުކަން އިތުރުކޮށް، ސަރަހައްދުގެ ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމަށްޓަކައި، ގައުމުތަކުގެ ދެމެދުގައި މަޝްވަރާއާއި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަމަށް ރައީސް ވަނީ ބާރުއަޅުއްވާފައެވެ.

ރައީސްގެ މެސެޖްގައި އިތުރަށް ބަޔާންކުރައްވާފައި ވަނީ، ދުނިޔޭގައި އަދި ސަރަޙައްދީ ގޮތުން ކުރިމަތިވެފައިވާ އެތައް ގޮންޖެހުންތަކެއް ހައްލުކުރުމަށްޓަކައި، ގައުމުތަކުގެ އެއްބާރުލުން މުހިންމުކަމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް ކުރިމަތިލުމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށާއި، އާންމު ޞިއްޙަތުގެ ނިޒާމުތައް ހަރުދަނާކުރުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ސަރަހައްދުގައި ނުތަނަވަސްކަން ކުޑަކުރުމާއި، އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުން ފަދަ ކަންކަން ހިމެނޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ސާކްގެ ތެރޭގައި މުއައްސަސާތަކުގެ އޮނިގަނޑެއް ހަރުދަނާ ކުރުމުގެ ސަބަބުން، މިފަދަ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރުމާއި، ސަރަހައްދުގެ ރައްޔިތުންނަށް ރަނގަޅަށް ޚިދުމަތް ދިނުމަށް މަގުފަހިވާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، މުޅި ސަރަހައްދުގައި ދެމިއޮންނަ ސުލްހައާއި ހަމަޖެހުމާއި ތަނަވަސްކަމަށް މާނަހުރި ގޮތެއްގައި މަސައްކަތް ކުރާ އަދި ކުރިއަށް ވިސްނާ ސާކެއް އުފެއްދުމަށް ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ރާއްޖޭގެ ކުރިމަގު ބައްޓަންކުރުމުގައި އަންހެނުންގެ ދައުރާއި އިސްނެގުމަކީ ބޭނުންތެރިކަމެއްކަމަށް: ރައީސް
ކަންބޮޑުވުންތަކުން ނަޖާވެވި، އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުޞޫލުގައި ދެމިތިބެގެން: ރައީސް
ޙައްޖު ދުވަހާއި ޢީދާ ގުޅިގެން ބަންދުވާނީ މިހާރުވެސް ކަލަންޑަރުގައި ކަނޑައަޅާފައިވާ ދުވަސްތައް!
ނައިފަރު ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ފުލުހުން ހޯދައިފި
މާލޭ ގެއެއް ބަަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?