The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މަޝްހޫރު ފްރެންޗައިޒް، ’ޓީޖީއައި ފްރައިޑޭސް‘ ގެ ރެސްޓޯރަންޓެއް މާލޭގައި ހުޅުވަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 ދުވަސް ago
SHARE

ދުނިޔޭގެ މަޝްހޫރު އެމެރިކާގެ ރެސްޓޯރަންޓް ފްރެންޗައިޒް، ’ޓީޖީއައި ފްރައިޑޭސް‘ ގެ ރެސްޓޯރަންޓެއް މާލޭގައި ހުޅުވަން ނިންމައި، އެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ. މިކަމާ ގުޅިގެން، ’ޓީޖީއައި ފްރައިޑޭސް‘ ހިންގާ ކުންފުނި، ޝުގާލޯފް ޓީޖީއައިއެފުން ވަނީ ރާއްޖޭގެ ބްރޫ އެންޑް ފީސްޓް ހޯލްޑިންގްސް އާއެކު ފްރެންޗައިޒް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ބްރޫ އެންޑް ފީސްޓް ހޯލްޑިންގްސް އަކީ ރާއްޖޭގައި މިހާރު ވެސް ގިނަ ފުޑް ފްރެންޗައިޒްތައް ކާމިޔާބުކަމާއެކު ތައާރަފްކޮށް ހިންގަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން ރާއްޖެ އަށް ތައާރަފްކޮށްފައިވާ ބްރޭންޑްތަކުގެ ތެރޭގައި ޗިކިންގް، ގްލޯރިއާ ޖީންސް، މޯތީ މަހަލް އަދި ބޭކާސް ބާސްކެޓް ހިމެނެއެވެ. މި އެއްބަސްވުމަކީ ރާއްޖޭގެ ކެއިންބުއިމުގެ ދާއިރާގައި އިތުރު ފުޅާވުމެއް ފެންނަ ކަމެކެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން، ބްރޫ އެންޑް ފީސްޓް ހޯލްޑިންގްސްގެ ޗެއާމަން، މުހައްމަދު އަންވަރު ވިދާޅުވީ، ’ޓީޖީއައި ފްރައިޑޭސް‘ ރާއްޖެއަށް އައުމުން، ރާއްޖޭގައި ބައިނަލްއަގުވާމީ ޑައިނިން އެކްސްޕީރިއަންސް އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނާއި ފަތުރުވެރިންނަށް ވެސް ތަފާތު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ފްރެންޗައިޒް އެއްބަސްވުމުގެ ދަށުން، ’ޓީޖީއައި ފްރައިޑޭސް’ގެ ފުރަތަމަ ރެސްޓޯރަންޓްތައް ހުޅުވަން ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގައެވެ. މާލޭގައި ރެސްޓޯރަންޓްތައް ހުޅުވުމަށްފަހު، ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ހިތް ކަމަށްވާ ރިސޯޓުތަކަށް މި ބްރޭންޑު ފުޅާކުރުމަށް ވެސް ވަނީ އަމާޒު ހިފައިފައެވެ.

’ޓީޖީއައި ފްރައިޑޭސް‘ އަކީ ދުނިޔޭގެ 35 ގައުމެއްގައި 380 އަށް ވުރެ ގިނަ އައުޓްލެޓު ހިންގަމުން އަންނަ ބްރޭންޑެކެވެ. މި ފަހުން، ’ޓީޖީއައި ފްރައިޑޭސް’އިން ވަނީ ބައިނަލްއަގުވާމީ އިތުރު މާކެޓުތަކަށް ވިޔަފާރި ފުޅާކުރުމުގެ ބޮޑު މަސައްކަތެއް ފަށައިފައެވެ. މިގޮތުން، ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި، އުޒްބަކިސްތާނު، ޖަޕާނު، ޕެރޫ، އިންޑިއާ އަދި މެކްސިކޯގައި 100 އަށް ވުރެ ގިނަ އައުޓްލެޓު ހުޅުވަން ނިންމައި، އެކަން އިއުލާނުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. ރާއްޖެއަށް މި ބްރޭންޑު އައުމަކީ އެ ގްލޯބަލް އެކްސްޕެންޝަން ސްޓްރެޓެޖީގެ އެއް ބައެވެ.

މޯލްޑިވިއަނުން ޅ. މަޑިވަރު އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކޮށްފި
ހަލާލް ޓޫރިޒްމަށް ރިސޯޓް ތަރައްޤީ ކުރާ 5 އަތޮޅު އިއުލާންކޮށްފި
ނެޓްފްލިކްސް އިން ވޯނަރ ބްރޯސް ސްޓޫޑިއޯސް ގަންނަންއުޅޭތީ ޓްރަމްޕް ކަންބޮޑުވެއްޖެ!
އެސްއީޒެޑްގެ ދަށުން ސަސްޓެއިނަބްލް ޓައުންޝިޕެއް އެޅުމަށް 12 ބިލިއަން ރުފިޔާގެ މަޝްރޫއަކަށް ހުއްދަދީފި
މިމަހުގެ މިހާތަނަށް މަސްވެރިންގެ އަތުން 46.4 މިލިޔަން ރުފިޔާގެ މަސް މިފްކޯއަށް ގަނެފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?