The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޖުވާ ކުޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން މަޖިލީހަށް ބިލެއް

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 މަސް ago
SHARE

ޖުވާ ކުޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.މިކަމާއި ގުޅިގެން ސަރުކާރުން މަޖިލީހަށް ބިލަށް ހުށަހަޅާފައިވާކަން ހާމަކަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ’އެކްސް‘ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރުއްޔާ ވިދާޅުވީ، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިޞްލާޙު ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ. އެހެންކަމުން، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިން

— Dr Mohamed Muizzu (@MMuizzu) December 10, 2025

ޖުވާ ކުޅުމަކީ، މޮޅުވާ މީހާ ދެރަވާ މީހާގެ އަތުން އެއްޗެއް ހޯދުމަށް ޝަރުޠުކޮށްފައި ކުޅޭ ކުޅިވަރުތަކަށް ވީއިރު، އެފަދަ ކުޅިވަރުތައް ކުޅުން އިސްލާމްދީނުގައި ވަނީ ނަހީކުރައްވާފަ އެވެ. މިފަދަ ކުޅިވަރުތަކުގެ ތެރޭގައި އިހުޒަމާނުގައްޔާއި މިޒަމާނުގައި އެތައް ކަމެއް ހިމެނިގެން ދާއިރު، އިހުޒަމާނުގައި ޖުވާގެ ގޮތުގައި ކުޅެ އުޅުނު ކުޅިވަރުތަކުގެ ތެރޭގައި ޑައިސްގެ ކުޅިވަރުތަކާއި ރާޒުވާއާ އަދި ހިލައިންނާ އެނޫން އާލާތްތައް ބޭނުންކޮށްގެން ކުޅުނު ކުޅިވަރުތައް ހިމެނެއެވެ.

މި ޒަމާނުގައި ވެސް އެފަދަ ކުޅިވަރުތައް ފައިސާއަށް ކުޅެއުޅެއެވެ. އަދި އޭގެ އިތުރަށްވެސް މި ޒަމާނުގައި ޢާންމުވެފައިވާ ކުޅިވަރުތަކުގެ ތެރޭގައި ވާދަޖަހައިގެން ކުރާ ކަންތައްތަކުގައި ’ބެޓް‘ ކުރުމާއި ޖުވާކުޅޭ ތަންތަނުގައްޔާއި އެނޫން ތަންތަނުގައި އެކި ނަންނަމުގައި ކުޅޭ ކުޅިވަރުތައް ހިމެނެއެވެ. އޭގެ ތެރޭގައި، ރޫލެޓް އާއި، ބްލެކްޖެކް އާއި، ޕޯކަރ އަދި މިނޫނަސް އެތައް ނަންނަމުގައި ކުޅޭ ކުޅިވަރުތަކެއް ހިމެނެއެވެ.

މި ޒަނާމުގައި މިފަދަ ވަރަށް ގިނަ ގޭމުތައް އޮންލައިނުކޮށް ވެސް ކުޅެމުން އަންނައިރު، އޮންލައިންކޮށް ފައިސާ ދައްކައިގެން އެޕްލިކޭޝަންތައް މެދުވެރިކޮށް މިފަދަ ގޭމުތައް ކުޅޭކަން ފާހަގަކުރެވެއެވެ.

މައްކާގައި ތިބި 499 ދިވެހި ހައްޖުވެރިންގެ ހާލުވެސް ރަނގަޅު: މިނިސްޓަރ ޝަހީމް
އޯވަރޯލް ޑެފިސިޓް 73.5 އިންސައްތަ ކުޑަކުރެވިއްޖެ
މާދަމާރޭ ބާއްވަވާ ބައްދަލުވުން ޚާއްޞަކުރެވިފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް :ހީނާ
ޕީއެންސީ ޕްރައިމަރީގައި ރެކޯޑް އަދަދެއްގެ ވޯޓު ލާނެ ކަމަށް ފަލާހު ވިދާޅުވެއްޖެ
ސަމްޕާ ގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ނިޒާމު ޒަމާނީ ކުރަނީ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?