The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓަކުން 10،800 ވޭޕް ކާޓްރިޖް އަތުލައިގެންފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 ދުވަސް ago
SHARE

ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓަކުން 10 ހާހަށް ވުރެ ގިނަ ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.މޯލްޑިވްސް ކަސްޓަމްސް އިން ވިދާޅުވީ، ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ޤަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ފާހަގަކުރެވިގެން މި މަހުގެ 04 ވަނަ ދުވަހު ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

މާލޭ ކޮމާޝަލް ހާބަރުގައި ހިންގި މި އޮޕަރޭޝަންގައި ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން ގިނަ ޢަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ކަސްޓަމްސް އިން މަޢުލޫމާތުދެއެވެ. އެގޮތުން، ޖުމްލަ 10،800 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި، މި ވޭޕް ކާޓްރިޖުގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ވަނީ ލަފާކޮށްފައެވެ.

މިއީ ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރަން ސަރުކާރުން ނިންމި ތާރީޚުގެ ފަހުން ކަސްޓަމްސް އިން ހިފެހެއްޓި އެންމެ ބޮޑު ސިޕްމެންޓްކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.

މި ތާރީޚުން ފެށިގެން ކަސްޓަމްސް އިން މިހާތަނަށް ޖުމްލަ 66،000 އަށް ވުރެ ގިނަ ވޭޕް ހިފަހައްޓާފައިވޭ. މި މައްސަލަ މިހާރު ދަނީ ކަސްޓަމްސް އިތުރަށް ތަޙުޤީގު ކުރަމުން.

ކަސްޓަމްސް

މަސްތުވާތަކެއްޗާ އަދި ވޭޕް ކުރަން ބޭނުންކުރާ ސާމާނުތަކާއި ރާއްޖެއަށް އެތެރެ ކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވާ ދިވެހި މުޖުތަމަޢަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކަސްޓަމްސް އިން ގިނަ މަސައްކަތަކެއް ކުރަމުން އަންނަ އިރު ކަސްޓަމްސް އިން ވަނީ މި މަސައްކަތްތަކަށް ޢާންމު ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.

ރާއްޖޭގެ ވޭޕްގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ބުރިޖަކީ ޗައިނާ އަދި ދިވެހި އިންޖިނިއަރުންގެ ކުރިއެރުން ދައްކުވައިދޭ ނަމޫނާއެއް: ސަފީރު
ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް
200 އަށްވުރެ ގިނަ އިންވެސްޓަރުންނާއިއެކު ސިންގަޕޫރުގައި ރާއްޖޭގެ ބިޒްނަސް ފޯރުމް ފެށިގެން ކުރިޔަށް
އެސްއީޒެޑްގެ ދަށުން ސަސްޓެއިނަބްލް ޓައުންޝިޕެއް އެޅުމަށް 12 ބިލިއަން ރުފިޔާގެ މަޝްރޫއަކަށް ހުއްދަދީފި
18 އަހަރުގެ އަންހެނަކު ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތުގައި 19 އަހަރުގެ ފިރިހެނަކު ހައްޔަރަށް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?