The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ރާއްޖޭގެ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން މާދަމާ ބާއްވަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 ދުވަސް ago
SHARE

ދިވެހިރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 މާދަމާ، ޑިސެންބަރު 11 ވާ ބުރާސްފަތި ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ކޮންފަރެންސް އާއި އެގްޒިބިޝަން ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި، ބުރާސްފަތި ދުވަހު ހެނދުނު 8:30 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ. މިއީ ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކާއި، ޢާއްމު ރައްޔިތުންނާ ދެމެދު ސީދާ ގުޅުމެއް ޤާއިމުކޮށް، މުހިއްމު މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.

މި އަހަރުގެ ކޮންފަރެންސް ކުރިޔަށްދާނީ މައުރަޒަކާވެސް އެކުގައެވެ. މިގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކާއި، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ބައިވެރިވެ، އެ ކުންފުނިތަކުންދޭ ޚިދުމަތްތައް ޢާއްމުންނަށް އިސްތިހާރުކުރުމަށް ސްޓޯލުތައް ބެހެއްޓިފައި ހުންނާނެއެވެ. މިކަމުގެ މައިގަނޑު ބޭނުމަކީ، ޙައްޖާއި ޢުމްރާގެ ޚިދުމަތަކީ ނުހަނު މާތް އަޅުކަމަކާ ގުޅުންހުރި ޚިދުމަތަކަށްވާތީ، ރައްޔިތުންނަށް ބޭނުންވާ ސާފު މަޢުލޫމާތު ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލުމެވެ.

ސްޓޯލު ޙަރަކާތްތައް ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި ހުކުރުދުވަހުވެސް މި ޙަރަކާތްތައް ހަވީރު 4:00 އިން ރޭގަނޑު 7:00 އާ ހަމައަށް ކުރިއަށް ގެންދެވޭނެއެވެ. މި ކޮންފަރެންސަށް ވަޑައިގަންނަވާ ބައިވެރިންނަށް ޚިދުމަތްދޭ ފަރާތްތަކުގެ މަޢުލޫމާތު އެއްތަނަކުން ލިބިގެންދާނެއެވެ.

މި ކޮންފަރެންސުގައި ސަޢޫދީޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ އައްޞަފްވާ ފައުންޑޭޝަނުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ބޭފުޅުންގެ ފަރާތުންވެސް ކޮންފަރެންސްގެ ތެރޭގައި ޚާއްޞަ ސެޝަންތައް ނަންގަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޙައްޖާއި ޢުމްރާގެ ޚިދުމަތާ ގުޅުންހުރި އިދާރީ އިންތިޒާމްތައް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރާނެ ގޮތާއި، އެކަމާ ގުޅުންހުރި ދީނީ މުހިއްމު މަޢުލޫމާތުތައް ޚިދުމަތްދޭ ކުންފުނިތަކަށް މި ކޮންފަރެންސުގެ ތެރެއިން ލިބިގެންދާނެއެވެ.

މި ސެޝަންތައް ނަންގަވައިދެއްވާނީ ދާއިރާއިން ފުންނާބު އުސް ޢިލްމުވެރިންނާއި، ޚިދުމަތާ ގުޅުންހުރި އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅުންނެވެ. މި ކޮންފަރެންސުން ޙައްޖާއި ޢުމްރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޢާއްމު ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.

ޤައުމީ ވެކްސިން ޝެޑިޔުލްގައި އައު ދެ ވެކްސިން ހިމަނައިފި
ސަރަޙައްދީ އެއްބާރުލުން ދިރުވައި އާލާކުރަންޖެހޭ: ރައީސް މުޢިއްޒު
މޯލްޑިވިއަނުން ޅ. މަޑިވަރު އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކޮށްފި
އައު ޓާމިނަލް އަށް ސްޓޭކްހޯލްޑަރުން ފަރިތަކުރުމުގެ ޕްރޮގްރާމެއް އެމް.އޭ.ސީ.އެލް އިން ފަށައިފި
މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތަށް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?