The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޓޯވކުރާ އުޅަނދުތައް ގެންދާއިރު، ގެންދަނީ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަށްކަން ކަށަވަރުކުރާނެ:ފުލުހުން

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ދުވަސް ago
SHARE

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޓޯވްކުރާ އުޅަނދުތައް ޓޯވްކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދާއިރު އެ އުޅަނދުތައް ގެންދަނީ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަށްކަން ކަށަވަރުކުރާނެ ކަމަށެވެ. މިއީ ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް މަގުތަކާއި ހުސްބިންތަކުގައި ދޫކޮށްލާފައި ހުންނަ އުޅަނދުތަކުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ފުލުހުން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން އައި ބަދަލެކެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި، ރަޖިސްޓްރީނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި، އަދި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތައް ޓޯވްކުރުމަށްފަހު ދޫކުރުމުގެ މަސައްކަތް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ކަމަށެވެ.

ޓޯވްކުރި އުޅަނދެއް ދޫކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތަކީ، އެ އުޅަނދެއްގެ ވެރިފަރާތުން ދައްކަންޖެހޭ އެންމެހައި ޓްރެފިކް ޖޫރިމަނާ ދެއްކުމަށްފަހު، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ދިއުމުން ފުލުހުން ދޫކުރާ ސްލިޕާއެކު ތިލަފުއްޓަށް ދިއުމުންނެވެ. ފުލުހުން އިތުރަށް ވިދާޅުވީ، ޓޯވްކުރާ އުޅަނދުތައް ޓޯވްކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިޔުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށާއި، މިގޮތަށް ގެންދާ އުޅަނދުތައް ގެންދަނީ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަށްކަން ފުލުހުން ކަށަވަރުކުރާނެ ކަމަށެވެ.

ޓޯވްކުރާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސްހުރި އުޅަނދުތަކާމެދު ފުލުހުން އަމަލުކުރާނީ، ޓޯވްކުރާ އުޅަނދުތަކާ ގުޅޭގޮތުން މިހާރުވެސް އަމަލުކުރަމުންދާ އުޞޫލުގެ ތެރެއިންނެވެ. އެގޮތުން، ޓޯވްކުރާ އުޅަނދުތައް 7 ދުވަސް ފަހުން އާންމުކޮށް އިޢުލާންކޮށް، އުޅަނދުތަކާ ހަވާލުވުމަށް ވެރިފަރާތަށް 60 ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހަވާލުނުވެ ހުރި އުޅަނދުތައް ޤާނޫނާއި ޤަވާއިދުތަކުގައި ވާގޮތުގެމަތިން ނައްތާލުމުގެ މަސައްކަތް ކުރަމުންގެދާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައި ހުރި އުޅަނދުތަށް ނެގުމުގެ މަސައްކަތް ފުލުހުން އަންނަނީ ދެމިހުންނަ ގޮތެއްގައި ކުރަމުންނެވެ. ހުޅުމާލޭގެ މަގުތަކުގައި އަދި ހުސް ބިންތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅަނދުތައް ބަހައްޓާފައި ހުންނަ ކަމުގެ ޝަކުވާ ފުލުހުންނަށް ލިބިފައިވާކަން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން މަގުތަކުން ދަތުރުކުރާ ފަރާތްތަކަށް ދަތިވެ، ޕާކިން ޖާގަތައް ގެއްލޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވަނީ އުޅަނދެއް ބާވީސްވެ ދޫކޮށްލާ ނަމަ މަގުމައްޗަށް ދޫކޮށްލުމުގެ ބަދަލުގައި، އޮންނަ އުސޫލުގެ ތެރެއިން އުޅަނދު ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

ރ. ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 4 މީހުންނަށް ސީރިއަސް އަނިޔާތަކެއް
ވާނުވާ ބަންދުގައި ތިބި މީހުން ފަސް މިނެޓު ތެރޭގައި ދޫނުކުރެވޭނެ ސަބަބު ރައީސް އޮޅުންފިލުވައިދެއްވައިފި
ޙައްޖު ޢުމްރާގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ އަގުވަޒަންކުރަން އެވޯޑެއް ތަޢާރަފްކުރަނީ
މަތީ އަރުތަވެރިންގެ އިނާމްގެ ހަތަރުވަނަ ދަންފަޅި ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ރައީސްގެ އިރުޝާދުގެ ދަށުން މެދު އިރުމަތީގެ ހާލަތު މިދަނީ ގާތުން މޮނިޓަރ ކުރަމުން: މިނިސްޓަރ ޒަމީރު
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?