The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޙައްޖު ޢުމްރާގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ އަގުވަޒަންކުރަން އެވޯޑެއް ތަޢާރަފްކުރަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 މަސް ago
SHARE

ރައްޔިތުންނަށް ޙައްޖު އަދި ޢުމްރާގެ ޚިދުމަތްތައް އުސޫލާ އެއްގޮތަށް، އެންމެ ފުރިހަމައަށް ފޯރުކޮށްދޭ ކުންފުނިތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްސަ އެވޯޑެއް ތަޢާރަފްކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. މި އެވޯޑު އަންނަ އަހަރުން ފެށިގެން ދެމުންދާނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

މީގެ ކުރިން ރާއްޖޭގައި ޙައްޖު އަދި ޢުމްރާގެ ކަންތައްތައް ކުރަމުން އައީ ސަރުކާރާއި އަމިއްލަ ކުންފުނިތަކުންނެވެ. ނަމަވެސް، ކޯވިޑް-19 އަށްފަހު ޙައްޖަށް މީހުން ގެންދިޔުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެ، ޙައްޖަށް ދާން ބޭނުންވެ ފައިސާ ދައްކާފައިވާ މީހުންގެ ކިޔު ދިގުވުމުގެ ޝަކުވާ ވަރަށް ބޮޑަށް އިތުރުވިއެވެ. މިކަން ހައްލުކުރުމަށްޓަކައި، 2023 ވަނަ އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ މަސައްކަތް ހަމައެކަނި ޙައްޖު ކޯޕަރޭޝަންގެ ދަށުން ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމެވިއެވެ.

ނަމަވެސް، ޢުމްރާއަށް މީހުން ގެންދިޔުމުގެ ފުރުސަތު މިހާރުވެސް އަމިއްލަ ކުންފުނިތަކަށް އޮވެއެވެ. މިހާލަތުގައި ޙައްޖު ޢުމްރާގެ ކަންކަމުގައި ވާދަވެރި މާޙައުލެއް ބިނާކޮށް، ރައްޔިތުންނަށް އެންމެ ރަނގަޅު ޚިދުމަތްތައް ލިބޭނެ މަގުފަހިކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިގޮތުން، ޙައްޖު އަދި ޢުމްރާއަށް މީހުން ގެންދާ ގްރޫޕްތަކުގެ ތެރެއިން އެންމެ ރަނގަޅު ޚިދުމަތްފޯރުކޮށްދޭ ފަރާތްތަކާއި، ވުޒާރާގެ އުސޫލުތަކަށް އެންމެ ފުރިހަމައަށް ތަބާވާ ގްރޫޕްތަކުގެ އަގުވަޒަންކުރުމަށްޓަކައި ޚާއްސަ އެވޯޑެއް ދިނުމަށް ވަނީ ނިންމަވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިކަމަށްޓަކައި ބޭނުންވާ އުސޫލު މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި، ޙައްޖު ޢުމްރާ ކޮންފަރެންސްގެ ތެރެއިން ގްރޫޕްތަކާއެކު މިކަމުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށާއި، އެއަށްފަހު އުސޫލު ފައިނަލްކޮށް ޢަމަލުކުރަން ފަށާނެ ކަމަށް އެވުޒާރާއިން ހާމަކުރެއްވިއެވެ.

ޙައްޖު އަދި ޢުމްރާގެ އަޅުކަން އަދާކުރުމަށްދާ ދިވެހީންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް، އެ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި އަދި ރަނގަޅު ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން ގްރޫޕްތަކާއެކު އިސްލާމީ ވުޒާރާއިން ދަނީ ޙައްޖު ޢުމްރާ ކޮންފަރެންސްތައް ބާއްވަމުންނެވެ. މިފަދަ ދެވަނަ ކޮންފަރެންސް އިސްލާމީ ވުޒާރާގެ އިންތިޒާމުގެ ދަށުން މިދިޔަ ހަފްތާގައި އިސްލާމީ މަރުކަޒުގައި ވަނީ ބާއްވާފައެވެ.

ރައީސްގެ ދެކަނބަލުން ދުވާފަރަށް
މިރޭ އައްޑޫ ސިޓީ ހިތަދޫ ގައި ހަވާއަރުވަނީ
ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް ރައީސް ޑރ. މުއިއްޒު އަންގަވައިފި
ރާއްޖެއިން އަބަދުވެސް ”ވަން ޗައިނާ ޕޮލިސީ“ ދަމަހައްޓާނެ
’ރޯދަ ސާފު’ގެ ނަމުގައި ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?