The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އެމެރިކާގެ ވިސާ އެދޭ ފަރާތްތަކުގެ 5 އަހަރުގެ ސޯޝަލް މީޑިއާ ހިސްޓްރީ ބަލަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ދުވަސް ago
SHARE

އެމެރިކާގެ ވިސާ ހޯދުމަށް އެދޭ ހުރިހާ ފަރާތްތަކުގެ ފާއިތުވެފައިވާ ފަސް އަހަރުގެ ސޯޝަލް މީޑިއާ ބޭނުންކޮށްފައިވާ ގޮތް ތަޙުލީލުކުރުމަށް ޓްރަމްޕް ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ގައުމީ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ މަގްސަދުގައެވެ. ނަމަވެސް މި ނިންމުމުގެ ސަބަބުން ފަރުދީ މިނިވަންކަމާއި އަސާސީ ހައްގުތަކާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

މި އުސޫލު ތަންފީޒުކުރަން ފަށާނެ ތާރީޚެއް ކަނޑައަޅާފައި ނުވި ނަމަވެސް، ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން އިން ފެޑެރަލް ރެޖިސްޓަރގައި އިއުލާނެއް ނެރުމަށްފަހު، މި އުސޫލު ތަންފީޒުކުރުން މަޖުބޫރުވެގެންދާނެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އެމެރިކާގެ ސިޓިޒެންޝިޕް އެންޑް އިމިގްރޭޝަން ސަރވިސަސް އިން ވިސާ އެދޭ ފަރާތްތަކުގެ އޮންލައިން ޕޯސްޓްތައް ބަލައި، އެ ޕޯސްޓްތަކުން އެމެރިކާއާ ދެކޮޅު، ނުވަތަ ޖިނާއީ ވިސްނުންތަކަށް ތާއީދުކުރާކަން ހާމަވޭތޯ ބަލާނެއެވެ.

މި އުސޫލާ ގުޅޭ ގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް 60 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. މި ހުށަހެޅުމުގެ ދަށުން، ވިސާ އެދޭ ފަރާތްތަކުން އީމެއިލް އެޑްރެސް، ފޯނު ނަންބަރު އަދި އާއިލީ މެންބަރުންގެ ގުޅޭނެ އެހެނިހެން މައުލޫމާތުތަކާއެކު، އަމިއްލަ މައުލޫމާތު ހުށަހެޅުމަށް ވެސް އެދެވެއެވެ.

މީގެ ކުރިން ޖޫން މަހު ޑިޕާޓްމަންޓް އޮފް ސްޓޭޓް އިން ފަތުރުވެރިންނަށް އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ޢާންމުކުރުމަށް އަންގާފައިވާއިރު، އޮގަސްޓް މަހު ޓްރަމްޕް ސަރުކާރުން ވަނީ ވިސާ އަދި ގްރީން ކާޑަށް އެދޭ ފަރާތްތަކުގެ ސޯޝަލް މީޑިއާ ސްކްރީން ކުރުމުގެ ޕްލޭންތައް އިޝާރާތްކޮށްފައެވެ. މިހާރު ތަންފީޒުކުރަން އުޅޭ އައު އުސޫލުގެ ސަބަބުން މި މަސައްކަތް ފަސް އަހަރުގެ ދިގު މުއްދަތަކަށް ފުޅާވެ، ދަރިވަރުންނާއި، ފަތުރުވެރިންނާއި، އެހެނިހެން މީހުންނަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ނަން ހާމަކުރަން ނޭދޭ އިމިގްރޭޝަން ތަޖުރިބާކާރަކު ވިދާޅުވީ، ”މި ނިންމުމުގެ ސަބަބުން ވިސާ އެދޭ ފަރާތްތަކުގެ ސޯޝަލް މީޑިއާ ބޭނުންކުރާ ގޮތް އިތުރަށް ބެލެހެއްޓި، ވިސާ ދިނުމަށް އަސަރުކުރުން ގާތް.“ ކަމަށެވެ. މި ސިޔާސަތުގެ ސަބަބުން ސިޔާސީ ޚިޔާލު ނުވަތަ އަމިއްލަ ޝުޢޫރުތަކުގެ މައްޗަށް ބިނާކޮށް ވިސާ ދިނުން ހުއްޓުވުމަށް ބޭނުންކުރެވިދާނެ ކަމަށް މިކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

މި އައު އުސޫލު ތަންފީޒުކުރަނީ ޓްރަމްޕް ސަރުކާރުން އިމިގްރޭޝަނަށް މިހާރު ވެސް ވަރަށް ބޮޑަށް ހުރަސް އަޅާފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން 19 ގައުމަކުން އެމެރިކާއަށް ވަނުން މަނާކޮށްފައިވާއިރު، އެ ގައުމުތަކުގެ އަދަދު 30 އަށް އިތުރުކުރުމުގެ ވާހަކަ ވެސް ދެކެވެމުންދެއެވެ. ޔުނައިޓެޑް ކިންގްޑަމް އަދި ޖަރުމަނު ފަދަ ގައުމުތަކުގެ ރައްޔިތުންނަށް ވިސާ ނުލާ އެމެރިކާއަށް ދެވޭނެ ނަމަވެސް، މި އައު ސިޔާސަތުގެ ދަށަށް އެމީހުން ވެސް ވަދެދާނެއެވެ.

ފަރުދީ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކުން އިންޒާރުދީފައިވާ ގޮތުގައި، ސޯޝަލް މީޑިއާ ބެލުން ހައްދުން ނެއްޓިއްޖެ ނަމަ އަމިއްލަ ނިންމުންތަކަށް ބިނާވެދާނެއެވެ. އޮންލައިން ޕޯސްޓްތަކުން ހަގީގަތުގައި އެ ޕޯސްޓްކުރި މީހާގެ ނިޔަތް ނުދައްކާ ކަމަށާއި، މިފަދަ ސިޔާސަތުތަކުގެ ސަބަބުން ގާނޫނީ ގޮތުން ދަތުރުކުރާ މީހުންނަށް އިންސާފުން ބޭރުގައި އަދަބު ލިބިދާނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.

މި އައު ސިޔާސަތަކީ އެމެރިކާއިން އެ ގައުމުގެ އިމިގްރޭޝަން އަދި ސަލާމަތީ އިންސްޕެކްޝަންތައް ވަރުގަދަކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ. ނަމަވެސް މި އުސޫލުގެ ސަބަބުން ބޭރުގެ ފަރާތްތައް ބަލާނެ މިންގަނޑަށް އަސާސީ ބަދަލެއް އަންނާނެ ކަމަށް މިކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އަދި މި އުސޫލަކީ އެހެން ގައުމުތަކުން ވެސް މިފަދަ އޮންލައިން ސާވޭލަންސް ޕްރޮގްރާމްތައް ތަންފީޒުކުރުމަށް ނަމޫނާއަކަށް ވެދާނެ ކަމަށް ވެސް ބެލެވެއެވެ.

ޓިކެޓް ނަގައިގެން މެސީ ނެފެނުމުން ކޮލްކަތާ ސްޓޭޑިއަމްގެ ކާޕެޓް ކޮނޑަށްލައިގެން ގެއަށް!
އަޮސްޓްރޭލިއާގައި ވިޓަމިން ބީ6 ގިނައިން ހިމެނޭ ސަޕްލިމެންޓް އާންމުކޮށް ވިއްކުން މަނާކޮށްފި!
16 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިޔާ މަނާކުރި ފުރަތަމަ ޤައުމަކަށް އޮސްޓްރޭލިއާ
ނެޓްފްލިކްސް އިން ވޯނަރ ބްރޯސް ސްޓޫޑިއޯސް ގަންނަންއުޅޭތީ ޓްރަމްޕް ކަންބޮޑުވެއްޖެ!
ގަތަރާއި ޑުބާއީގެ ވައިގެ ސަރަހައްދު ބަންދުކޮށްފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?