The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ކެންދޫ މެމްބަރު މައުރޫފް ހިމެނޭހެން 3 މީހެއްގެ ބަންދަށް 5 ދުވަސް އިތުރުކޮށްފި!

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ދުވަސް ago
SHARE

މަސްވެރިން މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ކުރަމުންދާ އިޙްތިޖާޖާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން މީހުންގެ ބަންދުގެ މުއްދަތު، ކޯޓުން 5 ދުވަހަށް އިތުރުކޮށްފިއެވެ. މިމީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުވެސް ހިމެނެއެވެ.

ފުލުހުން ވިދާޅުވީ، މިމީހުން ހައްޔަރުކޮށްފައިވަނީ އިޙްތިޖާޖާ ގުޅިގެން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ކަމަށެވެ. ކޯޓަށް ހާޒިރު ކުރުމުން، ތިން މީހުންވެސް ބަންދުގައި ބޭތިއްބުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މާލޭ ފަޅުތެރޭގައި މަސްވެރިން ކުރަމުންދާ އިޙްތިޖާޖާ ގުޅިގެން، ފުލުހުން ވަނީ އިޙްތިޖާޖުގެ ބައިވެރިންނާ މުއާމަލާތްކޮށް، ގިނަ ކަންކަމަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން، މި އިޙްތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރުމަށާއި، އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާނުކުރުމަށާއި، މާލޭ ފަޅަށް ވަދެ ނުކުމެ ހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ވަނީ ނަސޭހަތްތެރިވެފައެވެ.

ފުލުހުން ބުނި ގޮތުގައި، އިޙްތިޖާޖުގައި ބައިވެރިވި ފަރާތްތަކަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާބަދީފައި ނުވުމާއި، ބިދޭސީން އިޙްތިޖާޖުގައި ބައިވެރިވެފައިވާތީ، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ވަނީ ބިދޭސީންގެ މައުލޫމާތު ހޯދައި ޗެކްކުރުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތް ކުރުމަށްޓަކައި، އިޙްތިޖާޖުގައި ބައިވެރިވަމުން ދިޔަ ބައެއް ދޯނިތަކަށް ފުލުހުން ވަނީ އަރާފައެވެ.

މިމަސައްކަތް ކުރުމަށް ފުލުހުން ދޯނިތަކަށް އެރުމުން މަސްވެރި ޔޫނިއަނުން އެކަމާ ދެކޮޅު ހަދައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިހާދިސާތަކަށްފަހު ފުލުހުން މި ތިން މީހުން ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކޮށްފައިވަނީ މި ސަބަބުތަކާ ގުޅިގެންނެވެ.

މާލޭ ގެއަކުން ވަގަށް ނެގި ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފި
އެސްއީޒެޑްގެ ދަށުން ސަސްޓެއިނަބްލް ޓައުންޝިޕެއް އެޅުމަށް 12 ބިލިއަން ރުފިޔާގެ މަޝްރޫއަކަށް ހުއްދަދީފި
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަށް ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު ސޮއިކޮށްފި
މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތަށް
ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި އޮތީ ތަންމިނަށް ހުޅުވާލެވިފައި: ރައީސް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?