The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

އައިސް ޕްލާންޓްތަކުގައި އައިސް ހުރި މިންވަރު ”ކެޔޮޅު “ އެޕުން މިހާރު ބަލާލެވޭ!

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 މަސް ago
SHARE

މަސްވެރިންގެ ދުވަހާ ގުޅިގެން ރ.ދުވާފަރުގައި ކުރިއަށްދާ ޚާއްސަ ޖަލްސާގައި، މަސްވެރިންގެ ދިރިއުޅުމަށް ބޮޑު ލުއިފަސޭހަތަކެއް ގެނެސްދޭނެ މުހިންމު ޚިދުމަތެއް އިފްތިތާޙުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅެއް ކަމަށްވާ، އައިސް ޕްލާންޓްތަކުގައި އައިސް ލިބެން ހުރި މިންވަރު ”ކެޔޮޅު އެޕް“ މެދުވެރިކޮށް އޮންލައިންކޮށް ބެލޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާންއެވެ.

މި ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދެކެވެ. މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ އައިސް ލިބުމުގައި ހުރި ގޮންޖެހުންތަކާއި، އައިސް ހޯދުމަށް ދަތުރުކުރުމުގެ ސަބަބުން ވަގުތާއި ފައިސާ ގެއްލޭކަމުގެ ޝަކުވާއެވެ. މި ވަޢުދު ފުއްދެވުމާއެކު މިފަދަ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

”ކެޔޮޅު އެޕްލިކޭޝަން“ ގައި ހިމަނާފައިވާ މި އާ ފީޗަރ މެދުވެރިކޮށް، ރާއްޖޭގައި އައިސް ވިއްކާ ޕްލާންޓްތައް ހުންނަ ސަރަޙައްދުތަކާއި ރަށްތަކުގެ މަޢުލޫމާތު ވަގުތުން ލިބޭނެއެވެ. މީގެ އިތުރުން، އެ އައިސްޕްލާންޓްތަކުގައި އައިސް އުފައްދާފައި ހުރި މިންވަރާއި، އަދި ދޯނިތަކަށް ލިބޭނެ މިންވަރުވެސް ބެލޭނެއެވެ. މިގޮތުން، މަސްވެރިންނަށް އެންމެ ފަސޭހައިން އައިސް ލިބެން ހުންނަ ސަރަހައްދު ދެނެގަނެ، ދަތުރުކުރުމަށް ފަސޭހަވާނެއެވެ.

މި ޚިދުމަތާއެކު، މަސްވެރި އޮޑިދޯނިފަހަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް ކުރުވެ، ވަގުތާއި ޚަރަދުވެސް ވަރަށް ބޮޑަށް ސަލާމަތްކުރެވޭނެއެވެ. މިއީ މަސްވެރިކަމުގެ ސިނާއަތަށް ޓެކްނޮލޮޖީގެ އެހީގައި ގެނެވުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އިމެއްނެތި ބޭނުންގޮތަކަށް ހުކުރު ހުތުބާ ކިޔަން ދޫކޮށްލައިފިނަމަ ދީނީ ނުތަނަވަސް ކަމަކަށް ވެއްޓިދާނެ: ވަޒީރު
ސިވިލް ކޯޓުގައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފަށައިފި
ޓޯވކުރާ އުޅަނދުތައް ގެންދާއިރު، ގެންދަނީ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަށްކަން ކަށަވަރުކުރާނެ:ފުލުހުން
200 އަށްވުރެ ގިނަ އިންވެސްޓަރުންނާއިއެކު ސިންގަޕޫރުގައި ރާއްޖޭގެ ބިޒްނަސް ފޯރުމް ފެށިގެން ކުރިޔަށް
އެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިއްޖެ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?