The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޒުވާނުންނަށް ބޭއްވި ”ޔޫތު ހެކަތޯން“ގެ އެއްވަނަ ”ސީ ސްޓޭކް“ އަށް

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 ދުވަސް ago
SHARE

ކޯޑިންގ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ޒުވާނުންނަށް ޚާއްޞަކޮށްގެން، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ޔޫތު ހެކް (ޓެކް ފެއަރ) 2025ގެ ފަޚުރުވެރި އެއްވަނަ ކާމިޔާބުކުރީ ”ސީ ސްޓޭކް“ ޓީމުންނެވެ.

މި ކާމިޔާބީއާ ގުޅިގެން، ”ސީ ސްޓޭކް“ ޓީމަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ޙަވާލުކޮށްދެއްވީ، އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު އަލް-ޙަމާދީއެވެ.

މި ހެކަތޯންގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ ”ވޭވް މައިންޑްސް“ ޓީމެވެ. މި ޙަފްލާގައި، ރަނަރަޕް ޓީމު ”ވޭވް މައިންޑްސް“އަށް 75,000 ރުފިޔާ، އަދި ތިންވަނަ އަށް ހޮވުނު ”ސިކް ސޭވެން“ ޓީމަށް 50,000 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.މި ހެކަތޯންގައި ޕިޗް ކުރުމަށް ހަތަރު ދާއިރާއެއް ހުޅުވާލިއެވެ. އެއީ: ސްޕޯޓްސް ފިޓްނަސް އެންޑް އެކްޓިވް ލައިފްސްޓައިލް، މެންޓަލް ވެލްނެސް އެންޑް ރެސިލެންސް، ޔޫތު ވެންޗަސް އެންޑް ގިގް އިކޮނޮމީ އަދި އާޓްސް ކަލްޗަރ އެންޑް ޑިޖިޓަލް ކްރިއޭޓިވިޓީއެވެ.

48 ގަޑި އިރަށް ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި 85 ޒުވާނަކު ވަނީ ބައިވެރިވެފައެވެ. ޔޫތު ހެކް ކުރިއަށް ގެންދިޔައީ 11 ޑިސެމްބަރު 2025އިން ފެށިގެން 13 ޑިސެމްބަރު 2025ގެ ނިޔަލަށެވެ. މެދުނުކެނޑި 48 ގަޑި އިރަށް ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި، ޓީމުތަކުން ވަނީ ތަފާތު ހަތަރު ތީމެއް ޓިކް އޭރިއާއަށް ޕިޗްކޮށްފައި ނުވަތަ ހުށަހެޅުންތައް ހުށަހަޅާފައެވެ.މި ހެކަތޯންގެ މެއިން ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. އަދި ކޯ-ޕާޓްނަރަކީ ވިމެން އިން ޓެކް އެވެ.

މޯލްޑިވްސް ޔޫތު ހެކަތޯން އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ފަށާފައިވާ ޙަރަކާތެކެވެ. މި ޙަރަކާތުގެ ބޭނުމަކީ، ޓެކްނޮލޮޖީގެ ދާއިރާގައި ޒުވާނުން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހުނަރު ތަރައްޤީކޮށް، އެ ހުނަރު ބައިނަލްއަޤުވާމީ ފެންވަރުގައި ބޭނުން ކުރެވޭ ވަރަށް ފުރުޞަތުތައް ފަހިކޮށްދީ، އެ ކަން ތަނަވަސްކޮށްދިނުން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

ފަތުރުވެރިކަމާއި މާލީކަންކަން ހަރުދަނާކުރަން އަލިޕޭ ، ވިޒިޓްމޯލްޑިވްސް އަދި ބީއެމްއެލް އެއްބަސްވުމަކަށް
މާލޭ ގެއެއް ބަަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
މާލޭ ގެއަކުން ވަގަށް ނެގި ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ހޯދައި މީހަކު ހައްޔަރުކޮށްފި
އެމްޓީސީސީ އިން ތިން ރަށެއްގައި މަޝްރޫޢުތައް ހިންގަން އެއްބަސްވުމުގައި ސޮއިކޮށްފި
200 އަށްވުރެ ގިނަ އިންވެސްޓަރުންނާއިއެކު ސިންގަޕޫރުގައި ރާއްޖޭގެ ބިޒްނަސް ފޯރުމް ފެށިގެން ކުރިޔަށް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?