The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ސީއެންއެންގެ މިލްކުވެރިކަން ބަދަލުކުރަން ޖެހޭ : ޓްރަމްޕް

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 މަސް ago
SHARE

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ވޯނަރ ބްރޯސް ޑިސްކަވަރީ  ވިއްކާލުމުގެ ތެރެއިން، އެބޭފުޅާ ވަރަށް ކުރިއްސުރެ ރުޅިވެރިކަން ބަހައްޓަވަމުންދާ ނިއުސް އައުޓްލެޓް ސީއެންއެންގެ މިލްކުވެރިކަން ބަދަލުކުރަން ބޭނުންފުޅުވާ ކަމަށެވެ. ބުދަ ދުވަހު ވައިޓް ހައުސްގައި ވިޔަފާރިވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް މިކަން ހާމަކުރެއްވިއިރު، މި މުޢާމަލާތަށް ސަރުކާރުން ހުއްދަ ދިނުމުގައި އޭނާގެ ދައުރެއް އޮންނާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އާދަޔާ ޚިލާފަށް، ޓްރަމްޕް ވަނީ މި މުޢާމަލާތް އެޕްރޫވް ކުރުމުގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އާންމުކޮށް މިފަދަ ނިންމުންތައް ނިންމަނީ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިންނެވެ.

ވޯނަރ ބްރޯސް ޑިސްކަވަރީ ވިއްކާލުމުގެ މުޢާމަލާތަށް މިހާރު ދެ ފަރާތަކުން ބިޑް ހުށަހަޅާފައިވެއެވެ. އޭގެތެރޭގައި ޓްރަމްޕްގެ ގާތް އެކުވެރިޔާ ލެރީ އެލިސަންގެ ދަރިފުޅު، ޑޭވިޑް އެލިސަންގެ ލީޑަރޝިޕްގައި ހިންގާ ޕެރަމައުންޓް  އާއި، ސްޓްރީމިންގ ދާއިރާގެ ބޮޑު ކުންފުނި ނެޓްފްލިކްސް ހިމެނެއެވެ. ޓްރަމްޕް ވިދާޅުވީ، ”އަހަރެން ހީކުރަނީ ކޮންމެ މުޢާމަލާތެއްގައި ވެސް ސީއެންއެން ހިމެނޭކަން ނުވަތަ ވަކިން ވިއްކާލާކަން ކަށަވަރު ކުރަންޖެހޭނެ“ ކަމަށެވެ.

ޕެރަމައުންޓްގެ ފަރާތުން ހުށަހަޅާފައިވާ ބިޑްގައި ސީއެންއެން އެލިސަންސް އާއި ހަވާލުވާނެއެވެ. ނެޓްފްލިކްސްގެ ހުށަހެޅުމުގައި ވޯނަރ ބްރޯސް ޑިސްކަވަރީ އިން ސީއެންއެން އާއި އެހެނިހެން ކޭބަލް ނިއުސް ޕްރޮޕަޓީތައް ވަކިން ވިއްކާލައި، އެއަށްފަހު އެ ކުންފުނީގެ ސްޓޫޑިއޯ އާއި ސްޓްރީމިންގ އޮޕަރޭޝަންތައް ނެޓްފްލިކްސްއަށް ވިއްކާލާނެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި ދެ ކުންފުނިން ވެސް ވަނީ އެމީހުންގެ ބިޑްތަކަށް ސަޕޯޓް ހޯދުމަށް ވައިޓް ހައުސްއާއި ޓްރަމްޕް އާ ބައްދަލުކޮށް ލޮބީ ކޮށްފައެވެ.

ޓްރަމްޕް އާއި ސީއެންއެން އާއި އެހެނިހެން ބޮޑެތި ނިއުސް އޮގަނައިޒޭޝަންތަކާ ދެމެދު ވަރަށް ކުރިއްސުރެ އޮތީ ވަރަށް ބޮޑު ރުޅިވެރިކަމެކެވެ. އޭނާ އެމީހުންނަށް ”ފޭކް ނިއުސް“ ގެ ނަމުން ނަންދީ، ސޯޝަލް މީޑިއާގައި ތަކުރާރުކޮށް ހަމަލާ ދީފައިވެއެވެ. ސީއެންއެން ”ރައްޓެހި އަތަކަށް“ ދިނުމަށް ޓްރަމްޕްގެ އެދުން ހާމަވަނީ ޕެރަމައުންޓްގެ ބިޑަށް ތާއީދު ކުރައްވާކަމަށެވެ.

ޑޭވިޑް އެލިސަން މި އަހަރުގެ ކުރީކޮޅު ޕެރަމައުންޓްގެ ވެރިކަމާ ހަވާލުވި ފަހުން، އެ ކުންފުނިން ވަނީ ނޫސްވެރިޔާ ބާރީ ވެއިސް ސީބީއެސް ނިއުސްގެ އެޑިޓަރ-އިން-ޗީފް އަކަށް ހަމަޖައްސާފައެވެ. ވެއިސް އަކީ މެއިންސްޓްރީމް މީޑިއާގައި ހިމެނޭ ”ބަޔަސް“ އަށް ވަރަށް ބޮޑަށް ފާޑުކިޔާ ބޭފުޅެކެވެ. މި މަޤާމަށް ވެއިސް ހަމަޖެއްސުމުން ކޮންސަވޭޓިވް ފަރާތްތަކުން ވަނީ ތައުރީފު ކޮށްފައެވެ. އެލިސަން ސީބީއެސް ގެ ވެރިކަމާ ހަވާލުވުމުގެ މަދު ދުވަސްކޮޅެއް ކުރިން، ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުކިޔާ، މަޝްހޫރު ލޭޓް-ނައިޓް ޝޯ ”ދަ ލޭޓް ޝޯ ވިތް ސްޓީފަން ކޮލްބާޓް“ ވަނީ ކެންސަލް ކޮށްފައެވެ. ނަމަވެސް، ޓްރަމްޕް ވަނީ ހޯމަ ދުވަހު ޓްރޫތު ސޯޝަލްގައި ޕެރަމައުންޓް އާއި އެލިސަންއަށް ފާޑުވިދާޅުވެ، ”މެޖަރީ ޓޭލަރ ގްރީން އަށް އިންޓަވިއު ދިނުމަކީ ކުރީގެ ވެރިކަމަށް ވުރެ ރަނގަޅު ކަމެއް ނޫން“ ކަމަށް ވިދާޅުވެފައެވެ.

މިކަމާ ޚިލާފަށް، ނެޓްފްލިކްސް އަކީ ޑިމޮކްރެޓްސް އާއި ވަރަށް ގާތުން ގުޅިފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ބާނީ ރީޑް ހޭސްޓިންގްސް އަކީ ޑިމޮކްރެޓިކް ޕާޓީގެ ބޮޑު ވޮލެންޓިއައެކެވެ.

 

40 ކުދިންނާއެކު ދަތުރުކުރި ޕާކިސްތާނުގެ ސްކޫލު ބަހަކަށް ބޮމުގެ ހަމަލާއެއްދީފި
ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ މަޖިލިސް އުވާލައްވައިފި
ޖިންސީ ކުށްތަކާއި ފާޙިޝް ޢަމަލުތަކަށް ޔޫއޭއީއިން ދޭ އަދަބުތައް އިތުރަށް ހަރުކަށިކޮށްފި!
ދުނިޔޭގެ އެންމެ ބޮޑު ވިންޑް ޓާބައިން ޗައިނާގައި ބަހައްޓައިފި
ޓިކެޓް ނަގައިގެން މެސީ ނެފެނުމުން ކޮލްކަތާ ސްޓޭޑިއަމްގެ ކާޕެޓް ކޮނޑަށްލައިގެން ގެއަށް!
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?