ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތު އިތުރަށް ކުރިއެރުވުމަށްޓަކައި، ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން މި މަހު ޚާއްޞަ ސަރވޭއެއް ކުރިއަށް ގެންދަން ފަށައިފިއެވެ.
މި ސަރވޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ޑިސެންބަރު ހަތަރަކުން ފެށިގެން، ޑީސެންބަރު ހަތާވީހާ ހަމައަށް ކަމަށް އެ ވުޒާރާއިން އެކްސްގައި ޙިއްޞާކުރި ޕޯސްޓެއްގައި ވެއެވެ.
މި ސަރވޭ އަކީ ”ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް“ގެ ނަމުގައި މުހިންމު ތަފާސްޙިސާބުތައް އެއްކުރުމުގެ ގޮތުން ރާވާފައިވާ ސަރވޭއެކެވެ. މި ސަރވޭގެ އެހީގައި، މިހާރު ޤާއިމުކޮށްފައިވާ ޤަވާޢިދުތަކާއި އުޞޫލުތަށް ވަރުގަދަވެގެން ދާނެއެވެ. މީގެ އިތުރުން، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ރާއްޖޭގައި މުޖުތަމަޢަށް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ދާއިރާގައި ރައްޔިތުންނަށް ކޮށްދެވޭ ކަންކަން ރަނގަޅުވެގެން ދާނެކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވއެވެ.
މި ސަރވޭގެ ޒަރީޢާއިން، ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި މުހިންމު މަޢުލޫމާތުތަކެއް އެއްކުރެވޭނެކަމުގެ ޔަޤީންކަން ވެސް ވުޒާރާއިން ވަނީ ދީފައެވެ.
މި ސަރވޭގެ ދަށުން، ސުވާލުތައް ކުރުމަށް އިސްކަމަށް ދޭނީ ގެސްޓްހައުސް އޮޕަރޭޓްކުރާ ފަރާތްތަކާއި، ދިވެހި ރައްޔިތުންނާއި، އަދި ރަށްތަކަށް ޒިޔާރަތްކުރާ ފަތުރުވެރީންނަށެވެ.
މި ސަރވޭ މެދުވެރިކޮށް ތަފާސްޙިސާބުތައް އެއްކުރުމަށް ހަމަޖެހިފައިވަނީ: ހުޅުމާލެ، ކ. ދިއްފުށި، ކ. މާފުށި، އއ. .ތޮއްޑޫ، އދ. ދިގުރަށް، ވ. ކެޔޮދޫ، ބ. ފުޅަދޫ އަދި ބ. ފެހެންދޫގައެވެ.
ވުޒާރާއިން ހާމަކުރާ ގޮތުގައި، ހުޅުމާލެ، މާފުށި އަދި ދިއްފުށީގައި މިހާރު ވަނީ ސަރވޭގެ މަސައްކަތްތައް ކާމިޔާބުކަމާ އެކު ފުރިހަމަކުރެވިފައެވެ.
The Ministry of Tourism and Environment is conducting a community-based tourism survey to gather essential data that will strengthen policy formulation, enhance service quality, and support the sustainable growth of community-based tourism in the Maldives.
The survey will… pic.twitter.com/bslfMWjBG0
— Ministry of Tourism and Environment (@MoTmv) December 15, 2025


