The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

މާދަމާރޭ ބާއްވަވާ ބައްދަލުވުން ޚާއްޞަކުރެވިފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް :ހީނާ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ދުވަސް ago
SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާދަމާރޭ ބާއްވަވާ ވިޔަފާރިވެރިންގެ ބައްދަލުވުން ޚާއްޞަކުރެވިފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދާނީ މި މަހުގެ 17 ވާ ބުދަ ދުވަހު (މާދަމާ) ރޭ 20:30 ގައި ސޯޝަލް ސެންޓަރުގައެވެ. މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވާ ބައްދަލުކުރެއްވުމެކެވެ.

މިކަމާއި ގުޅިގެން ’އެކްސް‘ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން 17 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައި ބާއްވަވާ ފުރަތަމަ ބައްދަލުކުރެއްވުން ޚާއްޞަކުރެވިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް ކަމަށެވެ. އެހެންކަމުން،  ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް މި ބައްދަލުވުމަށް ސަރުކާރުން ވަނީ ދަޢުވަތު ދެއްވާފައެވެ.

ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފަށްޓަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން 17 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައި ބާއްވަވާ ފުރަތަމަ ބައްދަލުކުރެއްވުން ޚާއްޞަކުރެވިފައިވަނީ ކުދި…

— Heena Waleed (@MvSpokesperson) December 16, 2025

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެކަމުގެ ވައުދުފުޅާއެކުގައެވެ. އެ ވަޢުދުފުޅާ އެއްގޮތަށް މިހާތަނަށް އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މިއީ ރާއްޖޭގެ ވެރިޔަކު ވެރިކަމުގެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މި ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންނާއި ގާތުން ރައްޔިތުން އެދިލައްވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުން ކަމަށްވާއިރު، މިފަދަ ބައްދަލުވުންތަކަކީ އެކަމަށް ވަރަށް މުހިންމު ކަމެއްކަމަށް ސަރުކާރުން ސިފަކުރައްވައެވެ.

ރާއްޖޭގައި އިންވެސްޓްކުރުމަށް އޮތް ޝައުޤުވެރިކަމާ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެއްޖެ : ވަޒީރު ސައީދު
ރައީސް ނަޝީދާއެކު ޑިމޮކްރަޓްސްގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅެން ނިންމައިފި
ރ. ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 4 މީހުންނަށް ސީރިއަސް އަނިޔާތަކެއް
ހިއްސާއަކަށް 55ރ. ބަހަން ބީއެމްއެލް އިން ނިންމައިފި
މަޝްހޫރު ފްރެންޗައިޒް، ’ޓީޖީއައި ފްރައިޑޭސް‘ ގެ ރެސްޓޯރަންޓެއް މާލޭގައި ހުޅުވަނީ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?