ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި ހިންގަމުން އަންނަ ސައުދީ އެމްބަސީ އިމާރާތުގެ ފުރާޅުމައްޗަށް އެރި އުމުރުން 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.
މިކަމާއި ގުޅިގެން އެ ޒުވާނާ ބުނީ، އެ އިމާރާތަކީ ސައުދީ އެމްބަސީ ހިންގަމުން އަންނަ އިމާރާތްކަން ނޭނގޭ ކަމަށާއި، އެތަނަށް އެރިއިރު އެމްބަސީގެ ނިޝާނެއް އިންކަން ނުފެންނަ ކަމަށެވެ.
އެ ޒުވާނާ އިތުރަށް ބުނީ، އެތަނުގެ ފުރާޅަށް އެރީ އެތަނުގައި މީހުން ފޮޓޯ ނަގާފައި ހުންނަތަން ފެންނާތީ ފޮޓޯ ނަގަން ކަމަށާއި، ނަމަވެސް އެތަނަށް އެރިތާ 10 ވަރަކަށް މިނެޓް ތެރޭ އެތަނުން ފައިބާފައިވާނެ ކަމަށެވެ. އަދި އެތަނުން އަވަހަށް ފޭބީ، އެތަނަށް އެރުމުން މީހުން ބަލާތީ ކުރެވުނީ ރަނގަޅު ކަމެއް ނޫންކަން އިހުސާސް ކުރެވިގެންކަމަށް އޭނާ ބުންޏެވެ. މިކަމާއި ގުޅިގެން ފުލުހުން ވަނީ، ސައުދީ އެމްބަސީ އަށް އޭނާ ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ.
ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ޒުވާނާ ފަސް ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ގާޒީ ވަނީ އަމުރުކޮށްފަ އެވެ


