ދުނިޔޭގެ އެންމެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް، ރާއްޖޭގައި އެމީހުންގެ ޗުއްޓީ ހޭދަކުރަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މި ދެ ތަރިން ޗުއްޓީހޭދަކުރަނީ އަލްޓްރާ ލަގްޒަރީ ވޯލްޑޯފް އަސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި ކަމަށް ވަނީ ކަށަވަރުވެފައެވެ.
މެސީ އާއި ސުއަރޭޒް ރާއްޖެއަށް އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.މިދެތަރިން ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓަކީ މައްޝޫރު ސެލެބްރިޓީންގެ ޕްރައިވެސީ އަށް އިސްކަންދޭ ،މަޝްހޫރު ބައިނަލްއަޤުވާމީ ފަރާތްތަކަށް ޚާއްސަ ޚިދުމަތްތަކެއްދޭރިސޯޓެއްގައެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ބޮޑެ ދެ ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާތީ، މިއީ އެންމެ މަތީ ފެންވަރުގެ ފަތުރުވެރިންނަށާއި، ޚާއްސަކޮށް މަޝްހޫރު ކުޅުންތެރިންނާއި ދުނިޔޭގެ މަޝްހޫރު ފަރާތްތަކަށް، ޕްރައިވެސީ އަދި ފުރިހަމަ މެހެމާންދާރީ ހޯދުމަށް ރާއްޖެއަކީ އެންމެ ރަނގަޅު މަންޒިލްކަން ދައްކުވައިދޭ ކަމެކެވެ. މެސީ އާއި ސުއަރޭޒްގެ މި ދަތުރުން ރާއްޖެއަކީ މަޝްހޫރު ފަރާތްތަކަށް ސިއްރިއްޔާތުގައި އަރާމުކޮށްލުމަށް އެކަށީގެންވާ މަންޒިލެއްކަން އިތުރަށް ހާމަކޮށްދެއެވެ.


