އޮތެންޓިކް މޯލްޑިވްސްގައި ރެޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް މިހާރު އަލީބާބާ ވެބްސައިޓް މެދުވެރިކޮށް މުދާ ވިއްކޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ އެބޭފުޅުންގެ ހުރި ކަންބޮޑުވުންތައް އައްޑޫއެއްސެވުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ރާއްޖެއަށް ބޭރުފައިސާ ގެނައުމުގައި އަދި ފޮނުވުމުގައި ހުރި ދަތިތައް ފާހަގަކުރައްވާފައެވެ. މި ކަންކަމަށް އިޝާރާތް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކްރީއޭޓިވް އިންޑަސްޓްރީ ތެރޭގައި އެކި ބާވަތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް މި ސިނާޢަތް ފުޅާކުރުމާއި ގުޅިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކޭނެ މަގުފަހިކުރުމުގެ ގޮތުން، އޮތެންޓިކް މޯލްޑިވްސްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އަލީބާބާ މެދުވެރިކޮށް މުދާ ވިއްކޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އޮތެންޓިކް މޯލްޑިވްސްގައި ރެޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް މިހާރު އަލީބާބާ ޑޯޓްކޮމްގައި އުފެއްދުންތައް ވިއްކޭނެގޮތް މިއަދު މިހަމަޖެހިގެން ދިޔައީ. އެއީ އަލީބާބާގައި ރެޖިސްޓްރީ ކުރެވިފައިވާ 400 ވެންޑަރުންނަށް މިހާރު އެކްސެސް ލިބިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އޮތެންޓިކް މޯލްޑިވްސްގައި ބައިވެރިވުމުން މި ފުރުސަތު ލިބިގެންދާނެއެވެ.
ދިވެހި ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދީ، ބޭރުން ފައިސާ ގެނައުމުގައި ހުރި ދަތިތައްވެސް ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ޕޭޕަލްއާއެކު ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށާއި، އުއްމީދަކީ ޖެނުއަރީ މަހު އެކަމުގެ މަސައްކަތް ނިމި، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވިގެންދިއުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިޖިޓަލް ވޮލެޓް ’ސްވައިޕް‘ ގެ ޚިދުމަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި ފެށޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. ބީއެމްއެލްއިން ވަނީ މި ޑިޖިޓަލް ވޮލެޓަކަކީ ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭނެ އުފެއްދުމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށްވެސް އެ ބޭންކުން ވިދާޅުވެފައިވެއެވެ.


