The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ހުޅުމާލޭގައި ސީސީޓީވީ މޮނިޓަރިންގ ކޮމާންޑް ސެންޓަރެއް ގާއިމްކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
15 ގަޑިއިރު ago
SHARE

ހުޅުމާލެއަކީ ރައްކާތެރި ތަނަކަށް ހެދުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ޚާއްސަ ސީސީޓީވީ މޮނިޓަރިންގ ކޮމާންޑް ސެންޓަރެއް ގާއިމްކޮށްފިއެވެ. މި ސެންޓަރު ގާއިމްކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 9 ގައެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން އެޗްޑީސީން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގަމުން އަންނަ ކަންކަން މި ސެންޓަރުން ފެންނާނެކަމަށެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާންމު ތަންތަނާއި، ޓަވަރުތަކުގެ ސެކިއުރިޓީ ބަލަހައްޓަން އެޗްޑީސީން ތަޢާރަފްކޮށްފައިވާ އެސްޓޭޓް ސެކިއުރިޓީގެ ޚިދުމަތުގެ ދަށުން، މި ސެންޓަރު ބަލަހައްޓާނީ އެ ކުންފުނީގެ މުވައްޒަފުންކަމަށްވެސް އެޗްޑީސީން ހާމަކުރެއެވެ.

We are reforming our security to ensure safer and stronger protection for our island city #withHDC.

Stay tuned. #SaferHulhumalé #MyHulhumalé pic.twitter.com/33k3SCA4Kd

— Housing Development Corporation (@hdcmaldives) December 15, 2025

 

ހުޅުމާލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޗްޑީސީން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން، ދާދިފަހުން ތައާރަފުކުރި އެސްޓޭޓް ސެކިއުރިޓީ ޓީމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ތަންތަން ބެލެހެއްޓުމުގެ މަސައްކަތް 24 ގަޑިއިރު ކުރިއަށްގެންދާނެއެވެ. މި ސެކިއުރިޓީ ޓީމުން މަސައްކަތް ކުރާނީ ހާއްސަ ޔުނީފޯމެއް އަޅައިގެންނެވެ.

މި ޚިދުމަތުގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ ފެންވަރަށް ސެކިއުރިޓީގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އެގޮތުން، ސީސީޓީވީ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ގައުމީ މިންގަނޑުތަކަށް ފެތޭގޮތަށް މި ޚިދުމަތް ފުޅާކުރުމަށް އިތުރު އިންވެސްޓްމަންޓްތައް ކުރަމުންދާނެކަމަށް އެޗްޑީސީން ބުނެއެވެ.

މި ޚިދުމަތުގެ ދަށުން ހުޅުމާލޭގެ ހުރިހާ ފޭސްތަކެއްގައި ހިމެނޭ އިމާރާތްތަކުގެ އިތުރުން، އާންމުކޮށް ބޭނުންކުރާ ސަރަހައްދުތައްވެސް ބަލަހައްޓައި ރައްކާތެރިކަން ކަށަވަރުކުރާނެއެވެ. މީގެ ތެރޭގައި ވީނަރެސް ފްލެޓްސް ފަދަ ބޮޑެތި ޢިމާރާތްތައްވެސް ހިމެނެއެވެ. މި މަސައްކަތް ކުރިއަށްގެންދާއިރު، ކަމާބެހޭ ފަރާތްތަކާއެކު ގުޅިގެން، ޚާއްސަކޮށް ފުލުހުންގެ ޚިދުމަތާ ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވާނުވާ ބަންދުގައި ތިބި މީހުން ފަސް މިނެޓު ތެރޭގައި ދޫނުކުރެވޭނެ ސަބަބު ރައީސް އޮޅުންފިލުވައިދެއްވައިފި
މަޝްހޫރު ބޭންޑު، ޓްރެފިކް ޖޭމްއަށް ތަޖުރިބާކާރު ދެ ފަންނާނުން: އައްޑޮ އާއި އިއްބެއާއެކު އައު ދަތުރެއް
އައު އަހަރުގެ ފެސްޓިވަލްއަށް ސްޓޯލް ކުއްޔަށް ހިފުމުގެ ފުރުޞަތު އެޗްޑީސީ އިން ހުޅުވާލައިފި
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
ސަރަޙައްދީ އެއްބާރުލުން ދިރުވައި އާލާކުރަންޖެހޭ: ރައީސް މުޢިއްޒު
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?