The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ބީއެމްއެލްގެ ”ސްވައިޕް“ ޑިޖިޓަލް ވޮލެޓް މިމަހު ޓެސްޓުކޮށް އަންނައަހަރު ޚިދުމަތްދެނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 ހަފްތާ ago
SHARE

ރާއްޖޭގައި ޑިޖިޓަލް މާލީ މުޢާމަލާތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމުގެ އުފާވެރި ޚަބަރެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ. އެގޮތުން، ދުނިޔޭގައި މަޝްހޫރު އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ޕޭޕަލްގެ ޚިދުމަތް އަންނަ ޖަނަވަރީ މަހު ރާއްޖެއަށް ތަޢާރަފުވާނެ ކަމަށާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތަޢާރަފުކުރި ”ސްވައިޕް“ ޑިޖިޓަލް ވޮލެޓް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބައިނަލްއަޤްވާމީ ނެޓްވޯކްތަކާ ގުޅާލެވޭނެކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދަކީ ދިވެހި ރައްޔިތުންނަށް ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމްތަކާއި އިލެކްޓްރޯނިކް ވޮލެޓްތައް (އީ-ވޮލެޓް) މެދުވެރިކޮށް މާލީ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މި ވަޢުދު ފުއްދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކްރިއޭޓިވް އިންޑަސްޓްރީ ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އެގޮތުން ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ”ވަރަށް ބޮޑަށް އަޅުގަނޑުމެން ލުކް ފޯވާޑްކުރަމުން މިދަނީ، އިރާދަކުރެއްވިއްޔާ ޖަނަވަރީ މަހަކީ އެއްކޮށް އެ ސެޓްއަޕް ނިމި ޕޭޕަލްގެ ޚިދުމަތައް ފުރުސަތު ލިބިގެންދާނެމަސް.“ މިހެންނެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ބީއެމްއެލްއިން ލޯންޗްކުރި ”ސްވައިޕް“ އަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު އަވަހަށް އަދި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެކެވެ. ރައީސް ވިދާޅުވީ، ޕޭޕަލްގެ ދިވެހި ވާޝަންގެ ގޮތުގައި ފާހަގަކުރެވޭ ”ސްވައިޕް“ ގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިމަހުގެ ތެރޭގައި ޓެސްޓުކޮށް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ސްވައިޕް ބޭރުގެ ނެޓްވޯކްތަކާއި ގުޅާލެވިގެންދާނެ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިމަހުގެ ތެރޭގައި ސްވައިޕްގެ ބެޓާއަށް ހުޅުވާލާނެ. ހުޅުވާލާފައި މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ބޭރުގެ ނެޓްވޯކްތަކާއި އިންޓަގްރޭޓްކުރެވި ބޭރަށް ފައިސާ އިތުރު ޗާޖަކާއި ނުލައި ވަގުތުން ގެނެވޭނެގޮތް ސްވައިޕް ފެސިލިޓީގެ ތެރެއިން އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ،

ރައީސް

ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓަކީ ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭނެ އުފެއްދުމެއްކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ. ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ހުރެގެންވެސް ކިއުއާރު ކޯޑު މެދުވެރިކޮށް އަވަސް ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެއެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށްވެސް ބަލާލެވޭނެއެވެ. ދުނިޔޭގެ ކޮންމެ ބޭންކަކުން ނެރެފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނެގޭނެއެވެ. ވިޔަފާރިތަކަށް ވަގުތުން އެކައުންޓަށް ފައިސާ ޖަމާވާ ގޮތަށް ސްވައިޕް ފަރުމާކޮށްފައިވުމުން ވިޔަފާރިވެރިންނަށް ކޭޝް ފްލޯ ބެލެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ. މިކަންކަމުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް މާލީ ޚިދުމަތްތައް ހަރުދަނާވެ، ރައްޔިތުންނާއި ވިޔަފާރިތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ހިއްސާއަކަށް 55ރ. ބަހަން ބީއެމްއެލް އިން ނިންމައިފި
ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގަން ރަސްމީކޮށް ހުއްދަ ދީފި
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަށް ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު ސޮއިކޮށްފި
ޕޭމަންޓް މޯލްޑިވްސްއާއެކު މާލީ ނިޒާމު ހަރުދަނާވެ، ފައިނޭންސް ފަސޭހަވާނެ : ގަވަރުނަރ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?