The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ހަނަފަސްކޮށް ފެންނަ މާސް ފެހިކޮށް، ދިރިއުޅުން އާބާދުވެފައިވާ ތަނަކަށް ބަދަލުވާނެ : އިލޯން މަސްކް

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ހަފްތާ ago
SHARE

ދުނިޔޭގެ މަޝްހޫރު ޖިނިއަސް އަދި ސްޕޭސްއެކްސްގެ ބާނީ އިލޮން މަސްކް، މާސް އަށް އިންސާނުން ފޮނުވުމާއި، އެ ގުރަހަ އަކީ މީހުން ދިރިއުޅޭ ގުރަހައަކަށް ހެދުމުގެ އޭނާގެ ދިގު މުއްދަތުގެ ހުވަފެން އަލުން ފެންމަތިކޮށްފިއެވެ. އެކްސް ގައި ހިއްސާކުރެވުނު ޕޯސްޓަކަށް ޖަވާބުދެއްވަމުން އިލޮން މަސްކް ވިދާޅުވީ، މިހާރު ހަނަފަސްކޮށް ފެންނަ މާސް ގައި ކޮންމެވެސް އެއް ދުވަހަކުން ފެހިކޮށް، ދިރިއުޅުން އާބާދުވެފައިވާ ތަނަކަށް ބަދަލުވެގެންދާނެ ކަމަށެވެ.

މި ޕޯސްޓުގައި، ރަތް ގުރަހަ ގަސްގަހާގެހިން ފެހިކޮށްފައިވާ ދުނިޔެއަކަށް ބަދަލުވެގެންދާނެ ކަމަށް ތަޞައްވުރުކުރެވިފައިވާ ވީޑިއޯއެއް ހިމަނާފައި ވެއެވެ. އެ ވީޑިއޯއަށް ރައްދު ދެއްވަމުން އިލޮން މަސްކް ވިދާޅުވީ، މާސް އަކީ ހަމަ ކަށަވަރުންވެސް އެއްދުވަސްވަރެއްގައި ދިރިއުޅުން އާބާދުވެފައިވާ ފެހި ތަނަކަށް ވެގެންދާނެ ތަނެއް ކަމަށެވެ.

މަސްކްގެ ކުންފުނި، ސްޕޭސްއެކްސް އިން 2026 ވަނަ އަހަރު މީހުންނެތް ފަސް ސްޓާރްޝިޕް މިޝަން މާސް އަށް ފޮނުވުމަށް ރޭވިފައިވާކަން ފާހަގަކޮށްލެވެއެވެ. 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެކްސް ޕޯސްޓެއްގައި މަސްކް ވިދާޅުވެފައިވަނީ، ދެ އަހަރުގެ ތެރޭގައި މީހުންނެތް ފަސް ސްޓާރްޝިޕް މިޝަން މާސް އަށް ފޮނުވޭނެ ކަމަށާއި، އޭގެ ފަހުން މީހުންނާއެކު މިޝަންތައް ފެށޭނެ ކަމަށެވެ.

އޭނާ ތަފްސީލުކޮށްދެއްވި ގޮތުގައި، މި މީހުންނެތް މިޝަންތަކުގެ ކާމިޔާބީ ބިނާވެފައިވަނީ ރޮކެޓްތަކަށް މާސްގެ ބިމަށް ރައްކާތެރިކަމާއެކު ޖައްސާލެވޭނެ ކަމުގެ މައްޗަށެވެ. އެގޮތުން، ބިމަށް ޖެއްސުން ކާމިޔާބުވެއްޖެނަމަ، މީހުންނާއެކު ކުރާ މިޝަންތައް ހަތަރު އަހަރުގެ ތެރޭގައި ފެށިދާނެއެވެ. ނަމަވެސް، ގޮންޖެހުންތަކެއް ދިމާވެއްޖެނަމަ، އެސްޓްރޯނޮޓުން ފޮނުވުން އިތުރު ދެ އަހަރަށް ފަސްވެދާނެއެވެ.

މަސްކް ފާހަގަކުރެއްވި ގޮތުގައި، މާސް އަށް ދަތުރުކުރެވޭނީ ކޮންމެ ދެ އަހަރަކުން އެއްފަހަރެވެ. އެއީ އިރު ވަށައިގެން ދަތުރުކުރާއިރު ދުނިޔެ އާއި މާސް އެންމެ ކައިރިވާ ވަގުތުގައެވެ. އިލޮން މަސްކް ވިދާޅުވާ ގޮތުގައި، ބިމަށް ޖެއްސުން ކާމިޔާބުވިޔަސް ނުވިޔަސް، ސްޕޭސްއެކްސް އިން ކޮންމެ ދެ އަހަރަކުންވެސް ވީހާވެސް ގިނަ ސްޕޭސްކްރާފްޓް މާސް އަށް ފޮނުވާނެއެވެ.

މާސް އަށް ދަތުރުކުރުމަކީ އިލޮން މަސްކްގެ ދިގު މުއްދަތުގެ ހުވަފެނެކެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކްސް ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އިންސާނުން ދުނިޔެއިން ބޭރުގައި ހަރަކާތްތެރިވެ، ހަނދުގައި މަރުކަޒެއް ގާއިމުކޮށް، މާސްގައި ސިޓީއެއް އެޅުން މުހިންމު ކަމަށެވެ.

މީގެ ކުރިން، 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ޖާނަލްއަކަށް ލިޔުއްވި ލިޔުމެއްގައި މަސްކް ވިދާޅުވެފައިވަނީ، އިންސާނީ ތަރައްގީ އާއި ސިވިލައިޒޭޝަން އެހެން ގުރަހަތަކަށް ދަތުރުކުރެވޭ ފަދަ ގާބިލުކަމެއް ހޯދުން މުހިންމު ކަމަށެވެ. އަދި ވިދާޅުވީ ”ދުނިޔޭގައި ދިރިއުޅެވޭނެ ގޮތް ނެތިއްޖެނަމަ، އަޅުގަނޑުމެންނަށް ސްޕޭސްކްރާފްޓެއްގައި އަލުން ދިރިއުޅެން ފަށާނެ ތަނަކަށް ދަތުރުކުރެވޭނެ ގާބިލުކަން ހުންނަންޖެހޭނެ“ ކަމަށެވެ.

ސީއެންއެންގެ މިލްކުވެރިކަން ބަދަލުކުރަން ޖެހޭ : ޓްރަމްޕް
ފާއިތުވި 24 ގަޑިއިރުތެރޭގައި ފަލަސްތީނުގެ 81 މީހަކު ވަނީ ޝަހީދުކޮށްލާފައި
ދުބާއީއަށް މޫސުންގޯސްވެ ބުރުޖް ޚަލީފާއަށް ހޮނުއަޅާ މަންޒަރުގެ ވީޑިއޯއެއް އާންމުކޮށްފި
2026 ވަނަ އަހަރަށް ޓްރަމްޕްގެ އަޒުމަކީ ”ވޯލްޑް ޕީސް“
ޓްވިޓަރގެ ޓްރޭޑްމާކް ބާތިލްކުރުމަށް ދަޢުވާކޮށްފި!
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?