ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވާ ގޮތުގައި ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރީ ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީ ފިރިހެނެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:17 ހާއިރު ކަމަށެވެ. ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ދަނީ ބަލަމުން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައިގައި އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


