The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޕޭމަންޓް މޯލްޑިވްސްއާއެކު މާލީ ނިޒާމު ހަރުދަނާވެ، ފައިނޭންސް ފަސޭހަވާނެ : ގަވަރުނަރ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
5 ދުވަސް ago
SHARE

ޕޭމަންޓް މޯލްޑިވްސްގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާވެ، ފައިނޭންސަށް ފަސޭހައިން ވާސިލުވުމަށް މަގުފަހިވެގެންދާނެކަމަށް ގަވަރުނަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ގަވަރުނަރު މިހެން ވިދާޅުވީ، މާލީ ދާއިރާ ތަރައްޤީކުރުމުގެ ހަރަކާތްތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރުނަރ އަޙްމަދު މުނައްވަރު ވަނީ މާލީ ދާއިރާ ހަރުދަނާކުރުމަށް އަދި އެންމެންނަށް ވާސިލްވާނެފަދަ ގޮތަކަށް މާލީ ދާއިރާ ބައްޓަންކުރުމަށް ކުރައްވަމުން ގެންދަވާ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. އެގޮތުން މި ދާއިރާއަށް ޒުވާނުންނާއި ސްކޫލް ކުދިން އަހުލުވެރިކުރުމުވަމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.

މާލީ ދާއިރާ ހަރުދަނާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ތައާރަފްކުރި ފަވަރަ މެދުވެރިކޮށް މިހާތަނަށް ގިނަ އަދަދެއްގެ މުއާމަލާތްތަކެއް ކޮށްފައިވާކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ފަވަރަ މެދުވެރިކޮށް 23 ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތްކޮށްފައިވާކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ފާއިތުވި އަހަރު ފަވަރަ މެދުވެރިކޮށް 23 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގާތްގަނޑަކަށް 8 މިލިއަން މުޢާމަލާތް ނިންމާލެވިފައިވެއެވެ. އަދި މިއަދު މި ޢަދަދު ދެގުނައަށް އިތުރުވެ، 48 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ 16 މިލިއަން މުޢާމަލާތް ވަނީ ކުރެވިފައެވެ. މިއީ ޑިޖިޓަލް ފައިސާ ދެއްކުމުގެ ފަސޭހަކަމާއި، ބާރު މިނާއި، ހަރުދަނާކަމަށް އޮތް ޝައުޤުވެރިކަން ދައްކުވައިދޭ ކަމެއް.

ގަވަރުނަރު

ގަވަރުނަރު ވިދާޅުވީ، ޕޭމަންޓް މޯލްޑިވްސްއަކީ ހަމައެކަނި އިންފްރާސްޓްރަކްޗަރއެއް ނޫންކަމަށެވެ. މިއީ މުޅި ޤައުމުގައި ވަގުތުން، ރައްކާތެރިކަމާއިއެކު އަދި ހުރަހެއްނެތި ފައިސާ ދެއްކޭނެ ގޮތްތައް ޤާއިމުކުރުމަށް ބޭންކިންގ އަދި ފިންޓެކްގެ ހިދުމަތްދޭ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރާ އިކޯސިސްޓަމެއްކަމަށެވެ. ޕޭމަންޓް މޯލްޑިވްސްއަކީ ޑިޖިޓަލް ފައިސާ ދެއްކުން ހަރުދަނާކުރުމުގެ މަސައްކަތެއްކަމަށެވެ. މިއީ ޑިޖިޓަލް ފައިނޭންސްއާ އެއްގޮތަށް އީޖާދީ ޚިޔާލުތައް ކުރިއެރުވުމަށް ފަހިކޮށްދޭ މަސައްކަތަކަށް ވެގެންދާނެކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މި ނިޒާމުގެ ސަބަބުން މާލީ ހިދުމަތްތަކަށް ފުރިހަމައަށް ބައިވެރިވުމާއި، ފައިނޭންސަށް ފަސޭހައިން ވާސިލުވުން އިތުރުވެގެންދާނެކަމަށާއި، މި ނިޒާމުގައި ބޭނުންކުރާ ކުރިއަރާފައިވާ ފަންނުވެރިކަމުގެ ސަބަބުން މާލީ ނިޒާމުގައި އެކި ފަރާތްތަކާ ގުޅިގެން އީޖާދީ ޚިޔާލުތައް ތަރައްޤީކުރުމަށް މަގުފަހިވާނެކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.

ފެލިވަރުގެ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަންނަ އަހަރުގެ އޭޕްރީލްގައި ބޭނުންކުރަން ފަށަނީ
ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓް އަލުން ހިންގުމުގެ ތައްޔާރީތައް ޖަޕާނުން ފަށައިފި
ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް ރައީސް ޑރ. މުއިއްޒު އަންގަވައިފި
އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ފަސްޓްލޭޑީ ފޮނުއްވައިފި
ހުޅުމާލެ 3 ވަނަ ފިޔަވަހިން 40 ހެކްޓަރު ހިއްކާ ނިމި، ފަރުކޮޅުފުއްޓާ ގުޅާލައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?