The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ދޫކުރި ސަރަހައްދުތައް 3 މަސް ތެރޭ ހިއްކާ ނިންމާލެވޭނެ: ރައީސް މުޢިއްޒު

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
4 ދުވަސް ago
SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ގުޅީފަޅުންނާއި ގިރާވަރުފަޅުން މިހާތަނަށް ބިން ދޫކޮށްފައިވާ ސަރަހައްދުތަކުގެ ބިން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ހިއްކާ ނިންމާލެވޭނެ ކަމަށް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ ސަރަހައްދުގައި ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ”ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް“ގައި ޒުވާނެއް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެން ދިއުމަށް ނިންމާފައިވާ ސަރަހައްދުތަކުގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. މާލޭ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް މިވަގުތުވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުން އަވަސްކުރުމަށް ދެ ޑްރެޖަރު ބޭނުންކޮށްގެން ސައުވީސް ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބިން ހިއްކާ ނިމުމާއެކު މި ޑްރެޖަރުތައް ގިރާވަރުފަޅު ހިއްކުމަށް ބޭނުންކުރެވޭނެ ކަމަށާއި، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަންނަ މަސްތެރޭގައި ފެށިގެންދާނެ ކަމަށް އެމަނިކުފާނު ލަފާކުރެއްވިއެވެ. ”މިހާރު އެސްޓިމޭޓްކުރަނީ ތިން މަސްދުވަހުގެ ތެރޭގައި މިހާރު ގޯތި ދީފަ، ނުހިކި ހުރި ހުރިހާ ސަރަހައްދެއް ހިއްކާ ނިންމާލުން. އޭގެ މާނައަކީ ހުޅުމާލެ ފޭސް 3 އަދި ގިރާވަރު ފަޅު،“ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ގުޅީފަޅާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެފަޅުން ގޯތި ދޫކޮށްފައިވާ ހުރިހައި ސަރަހައްދެއް އެއްކޮށް ހިއްކާ ނިންމާލެވިފައިވާ ކަމަށެވެ. ނަމަވެސް، އިޤްތިޞާދީ އެކި ބޭނުންތަކަށް ގުޅީފަޅުން އަދިވެސް ބިން ހިއްކުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހު ފެށިގެންދިޔައިރު، މިހާތަނަށް 2000 އަށްވުރެ ގިނަ މީހުންނަށް ވަނީ ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައެވެ.

ފުއްޕާމެޔަށް ޑީސަލް އެޅުނު ވެމްކޯ މުވައްޒަފު އަދިވެސް އޮތީ ވެންޓިލޭޓަރުގައި
އާ އުސޫލުގެ ދަށުން ވާނުވާ ބަންދުގައި ތިބި 10 މީހަކު ޓެގް އަޅުވައި ދޫކޮށްލައިފި
ކަންބޮޑުވުންތަކުން ނަޖާވެވި، އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުޞޫލުގައި ދެމިތިބެގެން: ރައީސް
ޕެންޝަން ފަންޑުން ޚާއްސަ ހާލަތްތަކުގައި ފައިސާ ނެގޭނެ ގޮތަށް ޤާނޫނަށް އިސްލާޙު ގެންނަނީ
ސަޢުދީ އެމްބަސީގެ ފުރާޅަށްއެރި ޒުވާނަކު ހައްޔަރުކޮށްފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?