The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ބައުވެ ހަލާކުވެ މާލޭގެ މަގުތަކަށް ދޫކޮށްލާފައިވާ 801 އުޅަނދު މި އަހަރު ނައްތާލައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

ބައުވެ ހަލާކުވެ މާލޭގެ މަގުތަކަށް ދޫކޮށްލާފައިވާ 800 އަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި އެވެ.

ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީހް ވިދާޅުވީ، މާލޭގެ ޕާކިން މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ބައުވެ ހަލާކުވެ މާލޭގެ މަގުތަކަށް ދޫކޮށްލާފައިވާ 801 އުޅަނދު މި އަހަރުގެ ތެރޭގައި ނަގައި، އިޖުރާޢަަތްތައް ފުރިހަމަކުރުމަށްފަހު ނައްތާލާފައިވާ ކަމަށެވެ.

އެގޮތުން، މާލޭގެ ހޮސްޕިޓަލުތަކާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ރޭންޕުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކާއި، މިސްކިތްތަކާއި، ދަރިވަރުން ސްކޫލަށް ވަދެ ނުކުތުމަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ އުޅަދުތަކުގެ އިތުރުން، ކަފިހިހުރަސް މަތީގައި ޕާކުކޮށްފައި ހުންނަ އުޅަދުތައް ނެގުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ފުލުހުންގެ ޚިދުމަތުން ކުރަމުންގެންދާކަން ފަޞީހް ފާހަގަކުރެއްވިއެވެ.

މިގޮތުން، މި އަހަރުގެ މިހާތަނަށް މަގުތަކަށް ދޫކޮށްލާފައިވާ ޖުމްލަ 7442 އުޅަނދު ނަގާފައިވާ ކަމަށް ފަޞީހް ވަނީ ވިދާޅުވެފައެވެ. އަދި މީގެ ތެރެއިން ޤާނޫގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ހަވާލުވާން ނައުމުގެ ސަބަބުން، ދެފޮރުޅުލީ 899 އުޅަނދު ނައްތާލާފައިވާއިރު، ހަތަރުފުރޮޅުލީ 106 އުޅަނދު ވެސް އިޖުރާޢަތްތައް ފުރިހަމަކުރުމަށްފަހު ނައްތާލާފައިވާ ކަމަށް ފަޞީހް ވިދާޅުވިއެވެ.

މީގެ އިތުރުން ފަޞީހް ވިދާޅުވީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި ނަގަހައްޓާނެ އައު ޖީލެއް ބިނާކުުރުމަށް ތަޢުލީމީ ވުޒާރާއާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 17 ސްކޫލެއްގައި 549 ދަރިވަރުން ތަމްރީނުކުރެވި، މި 17 ސްކޫލްގެ ހުރިހާ ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުން ހިމެނޭ ގޮތަށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ޢާންމުކޮށް ވެހިކަލް ދުއްވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގުނު 10 ތަމްރީނު ޕްރޮގްރާމްގެ ތެރެއިން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ކަންކަމަށް ހޭލުންތެރިކުރުވުމަށް 1070 މީހަކަށް މަޢުލޫމާތު ދީފައިވާކަމަށް ފަޞީހް ވަނީ ވިދާޅުވެފައެވެ.

މަގު ބޭނުންކުރާ ފަރާތްތަކަށް ޚާއްސަ މެސެޖުތައް ދިނުމާއި މަޢުލޫމާތު ފޯރުކޮށް ދިނުމުގެ ޙަރަކާތްތައް ވެސް މާލެއާއި އަތޮޅު ތެރޭގައި ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ރައްކާ ރޯޑް ޝޯވ ށ. އަތޮޅާއި، ގއ. އަތޮޅުގައި ގިނަ ޙަރަކާތްތަކަކާއެކު ކުރިއަށް ގެންދެވި ގިނަ ބަޔަކު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރެވިފައިވާ ކަމަށް ފަޞީހް ވިދާޅުވިއެވެ.

ސަރަޙައްދީ އެއްބާރުލުން ދިރުވައި އާލާކުރަންޖެހޭ: ރައީސް މުޢިއްޒު
އެއޮރޯފްލޮޓް އެއަރލައިނަށް އައު ޓާމިނަލުން ޚިދުމަތް ދޭން ފަށައިފި
ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ތަރިން މެސީ އާއި ސުއަރޭޒް ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ!
ބޮޑު އީދުގެ ކުލަގަދަ ހަރަކާތްތައް މާފުށީގައި ބާއްވަން ތައްޔާރުވެއްޖެ
މަޝްހޫރު ބޭންޑު، ޓްރެފިކް ޖޭމްއަށް ތަޖުރިބާކާރު ދެ ފަންނާނުން: އައްޑޮ އާއި އިއްބެއާއެކު އައު ދަތުރެއް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?