The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ލުއިތަކެއް ދެނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ދުވަސް ago
SHARE

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުރިއަށް އޮތް ދެ އަހަރު ދުވަހު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް (އެސް.އެމް.އީ.ތައް) ކުރިއަރުވައި، އެފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދެއްވުމަށް ނިންމަވައިފިއެވެ. މިކަން އިޢުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވަނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ކަންބޮޑުވުންތަކާއި، މި ދާއިރާއަށް ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ އަޑުއައްސަވާފައެވެ. މި ބައްދަލުވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކުރިއަށް އޮތް ދެ އަހަރަކީ ކުދި ވިޔަފާރިތަކަށް ޚާއްޞަ ލުއިތަކެއް ދިނުމަށް ހަމަޖައްސާފައިވާ ދެ އަހަރު ކަމަށް ވަޒީރު އަޙްމަދު ސަޢީދު ވިދާޅުވިއެވެ. ވަޒީރު ސަޢީދު ފާހަގަކުރެއްވީ، ވިޔަފާރިވެރިން ޙިއްޞާ ކުރި ގިނަ ކަންތައްތަކުގެ އިތުރަށްވެސް އިތުރު ކަންތައްތައް މި ލުއިތަކުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

މިސާލަކަށް މީރާ، ކަސްޓަމްސް، ޕޯޓް، އެއަރޕޯޓް، އަދިވެސް ވިޔަފާރިއާ ގުޅުންހުރި އެކިއެކި ފަރާތްތަކާ ވާހަކަ ދައްކައިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކުގެ އިތުރަށް ސަރުކާރުން އިސްވެ ކުރާ މަސައްކަތްތައްވެސް ހިމެނޭނެ،

ވަޒީރު މުޙައްމަދު ސަޢީދު

ވަޒީރު ވިދާޅުވީ، ރައީސްގެ މި ނިންމެވުމަކީ ކުދި ވިޔަފާރިތަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ. މީގެ އިތުރުން، އަންނަ އަހަރު ކުދި ވިޔަފާރިތަކަށް ޚާއްޞަ ކޮށްގެން 500 މިލިޔަން ރުފިޔާގެ ލޯނު ދިނުމަށް ނިންމަވާފައިވާކަންވެސް ވަޒީރު ހާމަކުރެއްވިއެވެ. މި ވޭތުވެދިޔަ ދެ އަހަރުގެ ތަފާސް ހިސާބުތަކަށް އަލިއަޅުވާލައްވާ ވަޒީރު ވިދާޅުވީ، 595 ކުދި ވިޔަފާރިއަކަށް 349 މިލިޔަން ރުފިޔާގެ ކުދި ލޯނު ދޫކޮށްފައިވާ ކަމަށެވެ. 10 ދާއިރާއެއް ހިމެނޭ މި ލޯނު ސްކީމުގެ ތެރޭގައި އަންހެނުންނަށް ޚާއްޞަ ލޯނާއި، މެރިކަލްޗާއާއި، މަސްވެރިކަމުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، މާލީ ވުޒާރާއިން މިވީ ދެ އަހަރުގެ ތެރޭގައި އެކި ބިލްތަކަށް 13 ބިލިޔަން ރުފިޔާގެ ފައިސާ ދައްކާފައިވާ ކަމަށާއި، އޭގެ ތެރެއިން 5 ބިލިޔަން ރުފިޔާއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބިލުތަކަށް ދައްކާފައިވާ ފައިސާ ކަމަށެވެ.

ކުދި ވިޔަފާރިތަކަށް ޓީޓީ ހެދުމަށްޓަކައި ބީއެމްއެލްއިން ދޭ ޑޮލަރުގެ ސަޕޯޓް ވަނީ އިތުރުކޮށްފައެވެ. އެގޮތުން 2500 އަށްވުރެ ދަށް އަދަދުތަކުގެ ބިލުތަކަށް %50 އާ ހަމައަށް އަދި 2500 އާއި، 5000 ދެމެދުގެ ބިލުތައް %30 އާ ހަމައަށް ޓީޓީ ހެދުމަށް ރަސްމީ ޑޮލަރު ރޭޓުގައި އަންނަނީ ދެމުންނެވެ. އަދި 5000 މަތީގެ ބިލުތަކަށް %15 ޓީޓީ ހެދުމަށް ޑޮލަރު ދޫކުރެއެވެ. މި ނޫނަސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ކޮށްގެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އިޤްތިޞާދު ތަރައްޤީއާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ޓެކުހާ ގުޅޭ މަޢުލޫމާތުތައް ކުދި ވިޔަފާރިތަކަށް ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ، މާލެ ސަރަޙައްދުގައި 2291 ކުދި ވިޔަފާރިއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައެވެ. ވަޒީރު ސަޢީދު ވަނީ، ޓެކްސް ނުދައްކާ ހުރި ކުދި ވިޔަފާރިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
ގިނަ ދާއިރާތަކަކުން ޗައިނާއާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި
ވ. އަތޮޅު ރިސޯޓެއްގައި ބައިގެންދިޔަ ކުއްޖެއްގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގުކުރަނީ
މިއަހަރު މިހާތަނަށް ރާއްޖެއަށް 1.9 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކޮށްފި
ލޯންޗަކާއި ޑިންގީއެއް ޖެހި 3 މީހަކަށް އަނިޔާވެގެން ފަރުވާދެނީ!
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?