The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ޗައިނާއިންދޭ 85 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
2 ދުވަސް ago
SHARE

ޗައިނާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ މުހިއްމު ތިން ތަރައްޤީގެ މަޝްރޫޢަކަށް، އެ ޤައުމުން 85 މިލިޔަން ޑޮލަރު (ގާތްގަނޑަކަށް 600 މިލިއަން ޔުއާން) ގެ ހިލޭ އެހީއެއް ދިނުމަށް ނިންމައި، އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެހީގެ ދަށުން ވިލިމާލޭގައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް މަޝްރޫޢާއި، މާލެ-ވިލިމާލެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢާއި، 50 ރަށެއްގެ ކައުންސިލް އިމާރާތްތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުތައް ކުރިއަށްގެންދެވޭނެއެވެ.

”ޗައިނާ – ރާއްޖެ ތަރައްޤީއަށް ގުޅިގެން މަސައްކަތް ކުރުމުގެ“ މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިއަދު ހެނދުނު ޚާރިޖީ ވުޒާރާގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. ދިވެހިރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވަނީ، ވޭތުވެދިޔަ ދުވަސްތަކުގައި ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ޗައިނާއަކީ، ރާއްޖޭގެ ތަރައްޤީގައި ޒަމާންވީ ބައިވެރިއެއް ކަމަށާއި، މި އެއްބަސްވުމާއެކު ސަރުކާރުން އިސްކަންދޭ މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އަޅުގަނޑު އުފަލާއެކު ފާހަގަކުރަން މިމަޝްރޫޢުތައް ތަންފީޒު ކުރުމަށް ބާރަށް މަސައްކަތް ކުރަމުންދާކަން. ދެ ޤައުމުގެ ފަންނީ ފަރާތްތަކުން ބައްދަލުކޮށް މަޝްވަރާތައް ކުރިއަށްދޭ. ހަމަ ޔަޤީނުންވެސް މިމަޝްރޫޢުތައް ކުރިއަށް ނުގެންދެވޭނެ ޗައިނާ ސަރުކާރުގެ އެހީއާއި ނުލާ. އެކަމަށް އަޅުގަނޑު ޝުކުރުވެރިވަން، ޑރ. އަބްދުﷲ ޚަލީލް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވަނީ، ޗައިނާ-ރާއްޖޭ ގުޅުމަށް އަލިއަޅުއްވާލައްވާ، މި އެއްބަސްވުމަކީ ދެ ޤައުމުގެ ވެރިންގެ ބައްދަލުވުމުގެ ތެރެއިން ނިންމި ކަންކަން ތަންފީޒު ކުރުމަށް މުހިންމު އެއްބަސްވުމެއް ކަމަށް ވިދާޅުވެފައެވެ. ސަފީރު ވިދާޅުވީ މި އެއްބަސްވުން ތަންފީޒުވާއިރު ރައްޔިތުންނަށް މިކަމުގެ ފައިދާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިއަދު ސޮއިކުރެވޭ މި އެއްބަސްވުމަކީ ދެ ޤައުމުގެ ވެރިން ބައްދަލުކުރައްވާ ނިންމެވި ނިންމެވުންތައް ތަންފީޒުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް. މި އެއްބަސްވުމުގެ ދަށުން ހަމައެކަނި ދެނީ މާލީ އެހީތެރިކަމެއް ނޫން، އޭގެ އިތުރަށް ދެފަރާތު ދެމެދު ތަރައްޤީއަށް އެއްބާރުލުން ދޭ މުހިންމު ކަންކަން ހިމެނޭނެ. މިއީ އެންމެންނަށް ފައިދާ ކުރާނެހެން ނަތީޖާ ނެރުމަށް ތަންފީޒުވާނެ މަސައްކަތެއް،“ ޗައިނާ ސަފީރު

ޗައިނާ ސަރުކާރުގެ މި ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދެވޭ ތިން މަޝްރޫޢުއަކީ، ވިލިމާލޭގައި ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްގެ މަޝްރޫޢާއި، މާލެ-ވިލިމާލެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އިތުރުން 50 ރަށެއްގެ ކައުންސިލް އިމާރާތްތައް ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ތަރައްޤީއަށް ޒުވާނުންގެ ބައިވެރިވުން މުހިއްމު: ރައީސް މުޢިއްޒު
ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން މަސައްކަތްކުރާ ރިސޯޓާއި ކައިރިން ބޯހިޔާވަހިކަން ފަހިކޮށްދޭނަން: ރައީސް
ރަސްމާލެޢަށް ދަތުރުފަތުރުގެ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓަންޓެއް ހޯދަނީ!
ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާމެއް ދެނީ!
ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސްބޯޓު ފުލުހުންގެ ބެލުމުގެ ދަށަށް!
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?