The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ދާއިމީ ހަތަރު މިސްކިތެއް ހުޅުވޭނެ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
1 ދުވަސް ago
SHARE

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ދާއިމީ ހަތަރު މިސްކިތެއް ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ހުޅުވުމަށް އިއުލާން ކުރި 15 މިސްކިތުގެ ތެރެއިން ފަސްވަނަ އަދި ހަވަނަ މިސްކިތް މިއަދު ހުޅުވާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ގިނަ މިސްކިތްތަކެއް ހުޅުވިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި ސަރުކާރުގެ މަޝްރޫޢުތަކާއި ހެޔޮ އެދޭ އަމިއްލަ ފަރާތްތަކުން ބިނާކުރާ 4 މިސްކިތެއް ހިމެނެއެވެ.

މިއަދު އަލަށް ހުޅުވި މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތަކީ އައްޑޫ ސިޓީ މަރަދޫގައި ސަރުކާރުގެ ޚަރަދުގައި ބިނާކުރި ”މަސްޖިދުއްރައްޔާން“ އެވެ. 500 މީހުންގެ ޖާގަ ހިމެނޭ މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުއެވެ. މިސްކިތް ހުޅުވުމަށްފަހު މިއަދުގެ ހުކުރު ޚުޠުބާ ދެއްވީވެސް ސްޓޭޓް މިނިސްޓަރެވެ.

އައްޑޫ ސިޓީގައި މިސްކިތެއް ހުޅުވާފައިވާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކުރި ”މަސްޖިދުލްއީމާން“ވެސް ވަނީ ހުޅުވާފައެވެ. ތިން ފްލޯއަށް އިމާރާތްކޮށްފައިވާ މި މިސްކިތަކީ 1200 މީހުންގެ ޖާގަ ހިމެނޭ މިސްކިތެކެވެ. މި މިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޒުވާން ޚަޠީބު އަލްޙާފިޒު ޢުވައިސް ބިން އިނާޒުއެވެ.

މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގަން ރަސްމީކޮށް ހުއްދަ ދީފި
ޕެންޝަން ފަންޑުން ޚާއްސަ ހާލަތްތަކުގައި ފައިސާ ނެގޭނެ ގޮތަށް ޤާނޫނަށް އިސްލާޙު ގެންނަނީ
މާލޭ ޒޯނަށް ރަޖިސްޓްރީ ކުރާ ވެހިކަލްތަކުގެ ޢަދަދު ދަށަށް!
ކާވާ ކަޕް 2025 ފައިނަލަށް ދިވެހި އަންހެން ވޮލީބޯޅަ ޓީމު ދަތުރުކުރުމަކީ ބޮޑު ފަޚުރެއް : ރައީސް މުޢިއްޒު
ރާއްޖޭގައި އިންވެސްޓްކުރުމަށް އޮތް ޝައުޤުވެރިކަމާ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެއްޖެ : ވަޒީރު ސައީދު
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?