The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

250 ދިވެހި ތެރަޕިސްޓުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވަން ރައީސް ނިންމަވައިފި

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
8 ގަޑިއިރު ago
SHARE

ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕީގެ ޚިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށްޓަކައި، 250 ދިވެހި ތެރަޕިސްޓުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި މަޝްރޫޢު އަންނަ ޖެނުއަރީ މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ސްޕީޗް ތެރަޕިސްޓުންނާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި، ބިހޭވިއަ ތެރަޕިސްޓުންނާއި، ސައިކޯ ތެރަޕިސްޓުން ފަދަ ތަފާތު ދާއިރާތަކުގެ ތެރަޕިސްޓުން ތަމްރީން ކުރެވޭނެއެވެ.

ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިފަދަ ތެރަޕީއަކީ ވަރަށް މުހިއްމު ޚިދުމަތަކަށްވާއިރު، ޚާއްސަކޮށް އަތޮޅުތެރޭގައި މި ޚިދުމަތްތައް ލިބެން ނުހުރުމަކީ ބޮޑު ގޮންޖެހުމެކެވެ. ހެދިބޮޑުވުމުގައި މައްސަލަތައް ހުންނަ ކުދިންނަށް ސްޕީޗް ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީއަކީ ވަރަށް މުހިންމު ފަރުވާގެ ނިޒާމެކެވެ. ނަމަވެސް، އިންސާނީ ވަސީލަތްތަކުގެ ދަތިކަމުގެ ސަބަބުން މިހާތަނަށްވެސް މި ޚިދުމަތްތައް ރާއްޖޭގައި ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރެއެވެ.

މި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމުގެ ގޮތުން، ދަރުކާރުން ގެންދަވަނީ މި ޚިދުމަތްތައް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން، މިދިޔަ ދެ އަހަރުގެ ތެރޭގައި މިފަދަ ޚިދުމަތްތައް އެކި އަތޮޅުތަކުގައި ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް 12.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި ތަފާސްހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި، އުމުރުން 18 އަހަރުން ދަށުގެ 342 ކުއްޖަކަށް ތެރަޕިއުޓިކް ފަރުވާ ދިނުމަށް އެހީދީފައިވެއެވެ. މީގެ އިތުރުން، އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ 17 މީހުންނަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ތެރަޕީގެ ބާވަތުން ކުރި ޚަރަދަށް ބަލާއިރު، އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ބިހޭވިއާ ތެރަޕީ ދިނުމަށެވެ. އެއީ 3.5 މިލިޔަން ރުފިޔާގެ އެހީއެކެވެ. މި މަޝްރޫޢުގެ ސަބަބުން، ތެރަޕީގެ ޚިދުމަތްތަކަށް ހިނގާ ޚަރަދު ކުޑަވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަސޭހައިން މި ޚިދުމަތްތައް ލިބޭނެ މަގެއް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ކަންބޮޑުވުންތަކުން ނަޖާވެވި، އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުޞޫލުގައި ދެމިތިބެގެން: ރައީސް
ސިންގަލް ޕޭރަންޓް އެލަވަންސް ބޮޑުކޮށް، ކޮންމެ ކުއްޖަކަށް ޖެނުއަރީން ފެށިގެން 3000ރ.!
އުދައަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު އެލާޓް!
ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ސިންގަޕޫރަށް
ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރު ޖަނަވަރީ މަހު ފަށަނީ
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?