The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ކޭ ޕާކް މައްސަލައިގަ މަމްދޫހަށް 94 ދަޢުވާ، ޖައިޝާންއަށް 89 ދަޢުވާ ސާބިތުވެއްޖެ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
9 ގަޑިއިރު ago
SHARE

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ-ޕާކު ރެޒިޑެންސްގެ ފްލެޓުތައް ވިއްކުމުގައި މަކަރާއި ޙީލަތް ހެދިކަމުގެ ތުހުމަތުގައި ދައުލަތުން އުފުލި ދަޢުވާތަކުގެ ތެރެއިން، ޙަސަން މަމްދޫހުގެ މައްޗަށް 94 ދަޢުވާއާއި، ޖައިޝާން ސަޢީދުގެ މައްޗަށް 89 ދަޢުވާ މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ސާބިތުވެފައެވެ. މި ދެމީހުންގެ މައްޗަށް ޙުކުމް ކަނޑައެޅުމަށްޓަކައި ބާއްވާ އަޑުއެހުން އަންނަ އަންގާރަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، މަމްދޫހާއި އޭނާގެ ބައިވެރިން ބައިވެރިވެގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެޖޯރިޓީ ހިއްސާދާރު ކަމުގައިވާ ޗައިނާ، ޖިން ޝިހޫގެ ސޮއި ފޯޖު ކޮށްގެން ލިޔެކިޔުންތަކެއް ހަދައިގެން، ބޭންކް އޮފް މޯލްޑިވްސްގައި ހަންބޯ ކޮމްޕެނީގެ ނަމުގައި ބޭންކް އެކައުންޓް ހުޅުވާފައިވާ ކަމަށެވެ. މީގެ އިތުރުން ހަންބޯ ކޮމްޕެނީގެ ފަރާތުން ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ އިމާރާތުގެ އެޕާޓްމަންޓްތައް އޮޅުވާލައިގެން، މަކަރާއި ޙީލަތުން ޢާންމު ފަރާތްތަކަށް ވިއްކާފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ. ބައެއް އެޕާޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ މަނީ ލޯންޑަރކޮށްފައިވާ ކަމަށްވެސް މި މައްސަލައިގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ޙަސަން މަމްދޫހުގެ މައްޗަށް ޓެކުމުގެ 46 ދަޢުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދަޢުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ 3 ދަޢުވާ އަދި މަނީ ލޯންޑްރިންގެ 1 ދަޢުވާ ސާބިތުވެފައިވާކަމަށް ޕީ.ޖީ. އޮފީހުން މައުލޫމާތު ދެއްވިއެވެ.

ހަމައެއާއެކު، ޖައިޝާން ސަޢީދުގެ މައްޗަށް ސާބިތުވެފައިވަނީ، ޓެކުމުގައި ބައިވެރިވުމުގެ 45 ދަޢުވާއާއި، އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ 40 ދަޢުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ 3 ދަޢުވާ އަދި މަނީ ލޯންޑަރ ކުރުމަށް އެހީތެރިވުމުގެ 1 ދަޢުވާއެވެ.

މި މައްސަލައިގައި ކޮށްފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވެފައިވާތީ، އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސްގެ ނަންބަރު: 02-13 (އޭރިއާ 2597.58) އެޕާޓްމަންޓާއި، އެޕާޓްމަންޓާ ގުޅިފައިވާ ބޭސްމަންޓް (02-13) ޕާކިންގ ސްލޮޓް ދައުލަތަށް ނެގުމަށް ކޯޓުން ވަނީ އަމުރުކުރައްވާފައެވެ.

މި ދަޢުވާތަކާ ގުޅިގެން މަމްދޫހާއި ޖައިޝާނަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުން އަންނަ އަންގާރަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.

ސިޓީތަކާއި ބެހޭ ވުޒާރާގެ މުވައްޒަފުންނަށް މީޑިއާ ތަމްރީން ޕްރޮގްރާމެއް ފަށައިފި
ކ. މާފުށީ އެހެލާފައި އޮތް ލޯންޗެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް
ވިޔަފާރިތަކަށް އަލީބާބާ ވެބްސައިޓް މެދުވެރިކޮށް މުދާ ވިއްކޭނެ ގޮތް ހަމަޖައްސައިފި!
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަށް ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު ސޮއިކޮށްފި
ހޯރަފުށީގައި އައިޑީ ކާޑު ޕްރިންޓުކުރަން ފަށައިފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?