The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ ކަންކަން ޖަނަވަރީ 1އިން ފެށިގެން ތަންފީޒުކުރަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް (އެސް.އެމް.އީސް) ކުރިއެރުވުމަށްޓަކައި، ގިނަ ފިޔަވަޅުތަކެއް ޖަނަވަރީ 1، 2024 އިން ފެށިގެން ތަންފީޒުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ މީސް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހަރުދަނާކޮށް، އެފަދަ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވެފައިވާއިރު، ރާއްޖޭގެ މާހައުލުގައި ވިޔަފާރިކުރުމުގައި އިދާރީ ގޮތުން ހުރި ގޮންޖެހުންތަކާއި، ވިޔަފާރި ކުރިއެރުވުމަށް ހުރި ހުރަސްތައް އެފަރާތްތަކުން ވަނީ ހިއްސާކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ އަލީގައި، އެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމާއި ސަރުކާރުން ކުރިއަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި ބުދަ ދުވަހު ބޭއްވުނު ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކުރެވި ގިނަ ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ދެ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ފިޔަވަޅުތަކުގެ ތަފްސީލް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ހާމަކުރައްވަމުން ގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި، ވިޔަފާރިތަކުން ހުށަހެޅި ބައެއް ކަންބޮޑުވުންތަކަށް ރައީސް މުޢިއްޒު ވަނީ އެތަނުގައި ހައްލު ހޯއްދަވައި ދެއްވަން ނިންމަވާފައެވެ. އެގޮތުން، ރާއްޖެ އެތެރެ ކުރާ މުދަލަށް ޑެމެރޭޖް ނާރާ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކުރުމަށް ނިންމެވިއެވެ. އަދި މުދާ ކްލިއަރކުރުމުގެ މަސައްކަތް 24 ގަޑިއިރު ދޭ ގޮތަށް އިންތިޒާމުތައް ހަމަޖެއްސެވުމަށްވެސް އެމަނިކުފާނު ނިންމެވިއެވެ. މި ނިންމުންތައް މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ކަމާގުޅުންހުރި އިދާރާތަކުން މިހާރު ވަނީ ތަންފީޒުކުރަން ފަށާފައެވެ.

މީގެ އިތުރުން، ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޤާނޫނީ ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން، ޓްރޭޑްމާކާއި ގުޅޭ ޤާނޫނަކާއި ފިކުރީ މުދާ ހިމާޔަތް ކުރުމާއި ގުޅޭ ޤާނޫނެއް ވަނީ ތަޢާރަފްކޮށްފައެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އޮންތެޓިކް މޯލްޑިވްސް މެދުވެރިކޮށް ދުނިޔޭގެ އެންމެ ބޮޑު އޮންލައިން މާކެޓުތަކުގެ ތެރޭގައި ހިމެނޭ އަލިބާބާގައި ތަކެތި ވިއްކުމުގެ ފުރުސަތު މިހާރު ވަނީ ފަހިކޮށްދީފައެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި، މި ފުރުސަތުގެ ސަބަބުން މިހާރުވެސް އޮންތެޓިކް މޯލްޑިވްސްގައި ރަޖިސްޓްރީކޮށްފައިވާ 400 އެއްހައި ވިޔަފާރިއަކަށް އެ ފުރުސަތު ވަނީ ފަހިވެފައެވެ.

މި އަހަރު ވަނީ މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ޤައުމީ އުފެއްދުންތެރިކަމުގެ މަޢުރަޒު ބާއްވާފައެވެ. މި މަޢުރަޒުގެ ތެރެއިން ދިވެހި އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ. ސަރުކާރުން ދަނީ މިފަދަ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގައި މާކެޓް ހޯދައިދީ، ފަހި މާހައުލެއް ޤާއިމް ކުރުމަށް މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން އެ ވިޔަފާރިތަކަށް ބޭރުން އާމްދަނީ ލިބޭނެ ގޮތްތައްވެސް ސަރުކާރުން ދަނީ ހޯދައިދެމުންނެވެ.

ސިވިލް ކޯޓުގައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފަށައިފި
އަންނަ މަހުން ފެށިގެން ޙާފިޒުންނަށް ދޭ އެލަވަންސް ދެ ގުނަ ބޮޑުކުރަން ނިންމައިފި
ދަޢުވަތުގެ މަސައްކަތް ކުރާ ޖަމްޢިއްޔާތަކުން މުޖުތަމަޢުއައް ފޯރުކޮށްދެނީ މުހިންމު ޚިދުމަތެއް : ވަޒީރު ޝަހީމް
ޓެކްސީގެ ދަތިތައް ޙައްލުކޮށް، ޚިދުމަތް ހަރުދަނާކުރުމަށް ރައީސް މުޢިއްޒު ޑްރައިވަރުންނާ ބައްދަލުކުރައްވައިފި
18 އަހަރުގެ އަންހެނަކު ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތުގައި 19 އަހަރުގެ ފިރިހެނަކު ހައްޔަރަށް
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?