The PostThe PostThe Post
  • ޚަބަރު
  • ރިޕޯޓް
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
Font ResizerAa
Font ResizerAa
The PostThe Post
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ
Search
  • ޚަބަރު
  • ފީޗާޑް
  • ވިޔަފާރި
  • ކުޅިވަރު
  • ދުނިޔެ

ގަސްތަކަށް ފެންދިނުމަށް ޚާއްސަ އިލެކްޓްރިކް ވެހިކަލްތައް ހޯދަނީ

އައިމިނަތު ޔުމްނާ
އައިމިނަތު ޔުމްނާ
3 ހަފްތާ ago
SHARE

ސަރުކާރުން އިފްތިތާޙުކުރި ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އިންދާފައިވާ ގަސްތަކަށް ފެން ދިނުމަށް ބޭނުންކުރާނެ ޚާއްސަ ވެހިކަލްތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް އެއް މިލިއަނަށް ވުރެ ގިނަ ގަސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންދާފައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން އަންގާރަ ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވަޒީރު ޠާރިޤް އިބްރާހިމް ވަނީ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތަފްސީލުތައް ހިއްސާކުރައްވާފައެވެ. އެގޮތުން، މިހާތަނަށް 1,027,372 ގަސް އިންދާފައިވާ ކަމަށާއި، މި ޕްރޮގްރާމަކީ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމެއް ނަމަވެސް، އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ 6.4 މިލިޔަން ގަސް އިންދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުން މި އަހަރަށް ހާސިލުކުރަން އަމާޒު ހިފި 1 މިލިޔަން ގަސް އިންދުމުގެ ލަނޑުދަނޑި މިހާރު ވަނީ ހާސިލުވެފައެވެ.

މި ޕްރޮގްރާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ގަސްތަކަށް ފެން ދިނުމަކީ އެންމެ މުހިންމު އެއް ކަމެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ، ”އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ބޮޑެތި ރަށްރަށުގައި ގަސްތަކަށް ފެން ދިނުމަށް، މަގުތަކުގައި ހުންނަ ގަސްތަކަށް ފެން ދިނުމަށް އަޅުގަނޑުމެން މިދަނީ އިލެކްޓްރިކް ވެހިކަލް ހޯދުމުގެ މަސައްކަތް ކުރަމުން. ގަސްތަކުގެ ހެދި ބޮޑުވުމަށް ފެން ދިނުމަކީ މުހިންމު ކަމެއް. އެހެންވެ ފެނާއެކު ދިއުމަށް ނޫނީ ފެން ދިނުމަށް އިލެކްޓްރިކް ވެހިކަލް ހޯދުމުގެ މަސައްކަތް އެބަކުރަން.“

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ އަމާޒުގެ ފަސްބައިކުޅަ އެއްބައި ހާސިލުވެފައިވާއިރު، މި ޕްރޮގްރާމުގެ ދަށުން މިއަދާ ހަމައަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި 2 ހައިވަކަރު ގަސް ވަނީ އިންދާފައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، ކޮންމެ ވައްތަރެއްގެ ގަހެއް އިންދުމަކީވެސް ރާއްޖެއަށް އިތުރު ފެހިކަމެއް ގެނެސްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މާޙައުލެއް ކަށަވަރު ކޮށްދިނުން ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫޢަށް ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ޖަމިއްޔާތަކާއި، ސްކޫލުތަކާއި، ކައުންސިލުތަކުގެ އިތުރުން ރައްޔިތުންގެ ފަރާތުންވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށާއި، ކޮންމެ ބާވަތެއްގެ ގަހެއް އިންދުމަކީވެސް ދިވެހިރާއްޖެ އިތުރަށް ފެހިވެ، ދުޅަހެޔޮ މާޙައުލެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މަޝްރޫޢުގެ އޮފިޝަލުން ވިދާޅުވިއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް ގަސް އިންދުމުގެ ޕްރޮގްރާމްތައް އިތުރުކޮށް، 5 މިލިޔަން ގަހުގެ ލަނޑުދަނޑި ހާސިލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި މަޝްރޫޢު ނިމިގެންދާއިރު، ދިވެހިރާއްޖެ ވާނީ އިތުރަށް ފެހިވެ، ދުޅަހެޔޮ މާޙައުލެއް ޤާއިމުވެފައިވާ ޤައުމަކަށް ކަމަށް އެ ވުޒާރާއިން ޔަޤީންކަން ދެއްވައެވެ.

ވ. އަތޮޅު ރިސޯޓެއްގައި ބައިގެންދިޔަ ކުއްޖެއްގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގުކުރަނީ
ފުއްޕާމެޔަށް ޑީސަލް އެޅުނު ވެމްކޯ މުވައްޒަފު އަދިވެސް އޮތީ ވެންޓިލޭޓަރުގައި
ފަތުރުވެރިކަމާއި މާލީކަންކަން ހަރުދަނާކުރަން އަލިޕޭ ، ވިޒިޓްމޯލްޑިވްސް އަދި ބީއެމްއެލް އެއްބަސްވުމަކަށް
ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ ކަންކަން ޖަނަވަރީ 1އިން ފެށިގެން ތަންފީޒުކުރަނީ
ގަތަރާއި ޑުބާއީގެ ވައިގެ ސަރަހައްދު ބަންދުކޮށްފި
ކޮމެންޓު ކުރެއްވުމަށް
ސޮއްދިން ލިޔުން Cancel reply

Advertisement
Ad image
about us
© E-Press Private Limited. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?